Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ސިޔާސީ ދާއިރާ އިން ގާސިމް މިހާތަނަށް އެޅުއްވީ ޅައެއްޗެހި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 14:09
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް: ރިޔާސީ އިންތިޚާބުގައި ދެ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް: ރިޔާސީ އިންތިޚާބުގައި ދެ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި

ގާސިމް އިބްރާހީމަކީ މި ރާއްޖޭގައި ނުއުފެދޭ ވަރުގެ ބޮޑު މަހުޖަނެކެވެ. އެމަނިކުފާނު ކުރިން މަޝްހޫރުވެފައި ވަނީ ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. މުއްސަނދިކަމުން ހޭދަކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެތައް ދަރިންނަކަށް ތައުލީމު އުނގަންނައިދެއްވިއެވެ. އާސަންދަ ފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ނެތްއިރު، ތީމުގެ ވަލުދޮރާށީގައި ކިއު ޖެހިގެން ސިޓީއުރަ ދިން ޒަމާނުގައި އަމިއްލަފުޅަށް މީހުންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސަވައިދެއްވިއެވެ. އެނޫން ވެސް އެތައް ކަމެއްގައި އެމަނިކުފާނަކީ މަދަދުވެރިއެކެވެ. އެހެން ބަހަކުން ބުނާ ނަމަ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ފިލަންތްރޮޕިސްޓެވެ.

އޭރު ގައުމުގެ ރައީސަށް ވުރެ ރައްޔިތުން ލޯބިވަނީ ގާސިމް ދެކެއެވެ. އެތައް ބަޔަކު ގާސިމަށް އިހްތިރާމު އަދާކޮށް ހެޔޮ ދުއާކުރެއެވެ. ނަމަވެސް އެއީ މާޒީއެވެ. ނަމަވެސް ސިޔާސީ ދާއިރާ އަށް ނުކުންނެވުމާ އެކު ކުރިން ދެއްކެވި ދީލަތިކަން ބޭނުންކުރެއްވީ ސިޔާސީ ކެމްޕޭނުގެ އުކުޅަކަށެވެ. ކިޔަވައިދެއްވި ދަރިވަރުންގެ ވާހަކަ އާއި ފުރާނަ ސަލާމަތްކޮށް ދެއްވި މީހުންގެ ވާހަކަ ކެމްޕޭނުގައި ދެއްކެވި އެވެ.

ސިޔާސީ ދާއިރާއަށް ވުރެ ބޮޑަށް ގާސިމަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އެކަން އެމަނިކުފާނު ސާބިތުކޮށްދެއްވައިފިއެވެ. ނަމަވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން މިހާތަނަށް ލިބުނު ކާމިޔާބީތަކަށް ވުރެ ލިބުނު ލަނޑުތައް މާ ގިނައެވެ. ފުރަތަމަ ޑީއާރުޕީގެ ތެރެއިން ފެއިލްވިއެވެ. ޑިމޮކްރަސީގެ ހަމަތަކުގެމަތިން 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިޚާބުގައި އެމަނިކުފާނަށް ކުރިމަތިވި ނާކާމިޔާބީއާއެކު ދެން ސިޔާސީ ހަޔާތް ނިންމަވާލައްވާނެ ކަމަށް އެއްބަޔަކު ހީކުރިއެވެ. ނަމަވެސް އެ މަންޒަރެއް ނުފެނުނެވެ. އެފަހަރު ވެރިކަމަށް އައި އެމްޑީޕީއާ އެކު ކޯލިޝަން ހެއްދެވި ނަމަވެސް މާ ގިނަ ދުވަހަކު އެގޮތުގައި ވެސް ހުންނެވޭ ގޮތެއް ނުވިއެވެ. އެތައް ބަހަނާއެއް ދައްކަވާފައި ގާސިމް ދެން އަރުވާޖެއްސެވީ ވެރިކަމުގައި ހުންނެވީ މުހައްމަދު ނަޝީދު ވެރިކަމުން ބޭލުމަށެވެ.

އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި ފަހުން ޕީޕީއެމްއާއެކު ބަޔަތު ހިއްޕަވައި ގާސިމް ފެއްޓެވި މަސައްކަތުން 2012 ވަނަ އަހަރު ސިފައިންނާއި ފުލުހުންގެ ވާގިވެރިކަމާ އެކު އެމްޑީޕީގެ ވެރިކަން ބަދަލުކުރިއެވެ. ރިޔާސީ ކެމްޕެއިން ފައްޓަވައި 2013 ވަނަ އަހަރުގެ ކެމްޕެއިންގައި ވެސް ގާސިމް އެޅުއްވީ ޅައެއްޗެއްސެވެ. ވަރުގަދަކޮށް އޮތް އެމްޑީޕީ ފަޅި އިހްތިޔާރުކުރެއްވުމުގެ ބަދަލުގައި ދެ ވަނަ ބުރުގައި ގާސިމް ވާގިވެރިވީ ޕީޕީއެމްއާއެވެ. އެފަހަރުގެ އިންތިޚާބާ ކުޅެން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބޭނުންކުރެއްވި ޓޫލަކީ ގާސިމެވެ. އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވީ ސީދާ ގާސިމެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް ސުޕްރީމް ކޯޓަށް ވަޑައިގެން ނާތީޖާ ބާތިލްކުރެއްވީ ވެސް ސީދާ ގާސިމް އިސްވެ ހުންނަވައިގެން ޖުމްހޫރީ ޕާޓީންނެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ރައީސް ޔާމީނާ ގުޅިވަޑައިގެން ކޯލިޝަނެއް އުފެއްދެވި ނަމަވެސް ތިން މަހެއްހާ ދުވަހު ވެސް ކެތްކޮށްލެވޭ ވަރެއް ނުވިއެވެ. ކޯލިޝަން ރޫޅި އަނެއްކާ ވެސް އެމްޑީޕީއާ ބައިއަތު ހިތްޕެވި އެވެ. ނަމަވެސް ވެރިކަމަކީ ތިމަންނަ ނޫން އެހެން މީހަކަށް ހައްގު އެއްޗެއް ނޫން ކަމަށް އަބަދު ވެސް ގަބޫލުކުރައްވާ ގާސިމުގެ ފިތުރަތު އެމްޑީޕީ އަށް އޮޅުނީތީ ބަޔަކު ހައިރާން ވެގެން އެ ވާހަކަ އޭރު ވެސް ދެއްކިއެވެ. މާ ބިޔަ ބޮޑު ކޯލީޝަނެއް އުފައްދައިގެން ރައީސް ޔާމީން ވެރިކަމުން ބޭލުމަށް ގާސިމް އިސްވެ ހުންނަވައި ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ހަމައަށް އައި އިރު އަނެއްކާ ވެސް މި ވަނީ އެއްކަލަ ވެރިކަމުގެ ޖާހު ފެނިފަ އެވެ. ޕޯޑިއަމްތަކާއި މީޑިއާގައި އެއް ކެންޑިޑޭޓެއްގެ ވާހަކަ ދެއްކެވި ނަމަވެސް ހަމަ ކުއްލިއަކަށް ކެބިނެޓެއް އެކުލަވާލައި ތިމަންނާއީ ރައީސް ކަމަށް ކަނޑައަޅުއްވައިފިއެވެ. ކެބިނެޓުގައި ހިމެނުއްވި ބޭފުޅުންކުރެ ހޭވެސް އަހާ ނުލައެވެ. ނަތީޖާއަކަށްވީ ކުރިއެކޭ ވެސް އެއްގޮތަށް ފާޑުކިޔުމާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ.

ބައެއް ސިޔާސީ މުފައްކިރުން ސިފަކުރައްވާ ގޮތުގައި ގާސިމަކީ "އެނބުރޭ ވަހުތާނެއް" ކަހަލަ ބޭފުޅެކެވެ. އިރުއިރުކޮޅާ ހިޔާލު ބަދަލުވާ ބޭފުޅެކެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ގާސިމްކީ ކައިރީގައި އުޅޭ ބުނާ ގޮތް ވަރަށް ފަސޭހައިން ހައްދަވާ ބޭފުޅެކެވެ. އެގޮތުން ބައެއް މީހުން ދެކޭ ގޮތުގައި މިފަހަރު އެ މަނިކުފާނަށް ލަފާ ދެއްވީ ޖޭޕީއާ ފަހުން ގުޅުނު ބޭފުޅުންނެވެ. ބައެއް ފަރާތްކުން ދެކޭ ގޮތުގައި މީޑިއާގައި ގާސިމް މިހާރު ހާމަކުރައްވާ ވާހަކަތަކަކީ ގާސިމުގެ ބަހެއް ނޫނެވެ.

ގާސިމަކީ މޮޅު ވިޔަފާރިވެރިއެއް ވެރިކަން ލިބިވަޑައިނުގަތަސް ކޮންމެ ވެރިޔަކު ވެސް ވެރިކަމަށް ގެންނެވި ބޭފުޅެކެވެ. މާޒީގައި ކަންވެފައި ވެސް ހުރީ އެ ގޮތަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެކަން އެގޮތަށް ވުން އެކަށީގެން ވެއެވެ. ގާސިމް ނަންގަވާ ފިޔަވަޅު ވަރަށް މުހިންމެވެ. އަމިއްލަފުޅު ކޯލިޝަނަކާއި އަމިއްލަފުޅު ކެބިނެޓެއް އިއުލާނު ކުރެއްވި ނަމަވެސް ދޫނުދެއްވައިފި ނަމަ އެންމެނަށް ވެސް ގެއްލުން ހުއްޓެވެ. ގާސިމް ވެސް މިފަހަރު މިކަން ވިސްނަންޖެހޭނެ އެވެ. ތިމާގެ އަމިއްލަ ޖާހަށް ވުރެ ގައުމު އިސްކުރަންޖެހޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު