Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕާނީ ޕޫރީ އާއި ގްލާބް ޖާމޫ އާއި އައްޕަތުރޭ ހަމަ ރަނގަޅީ

އިއްޔެ ކަމުނުދިއަ އިންޑިއާ އާއި، ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން އުޅޭތީ ހިތްހަމަ ނުޖެހުނު އިންޑިއާގެ އަސްކަރިއްޔާ އާއި، ހިންދީންގެ ހަރުކަށި ފިކުރުގެ މީހަކަށް ވާތީ ރަތްމަހަށް ނުގޮވާވަރަށް އެއްޗެހި ގޮވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް އަށާއި ދިވެހި ސަރުކާރަށް މިއަދު ކަމުގޮސްގެން އުޅެނީ މީހަކު އެއްޗެއް ނުބުނާ ވަރަކަށް ނޫނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2024 | ބުދަ 13:20
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާއަށް ޒިޔާރަތްކުރެއްވުމަށްފަހު، ބުދާ ހަވާލުވެވަޑައިގަންނަވީ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާއަށް ޒިޔާރަތްކުރެއްވުމަށްފަހު، ބުދާ ހަވާލުވެވަޑައިގަންނަވީ

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިންޑިއާ ދަތުރުފުޅާ ގުޅޭ ޚަބަރުތަކާ ވީޑިއޯތައް ބަލާލުމާއެކު އަޅުގަނޑުގެ ޚިޔާލަށް އައީ ނައިފަރު ދޮހޮއްކޮގެ މަޝްހޫރު ލަވައެކެވެ. ލަވަ ފައްޓަނީ ހުސްރުވާނީގެ ސަރޫ ދޭހުމަށް އެންމެ މޮޅީ، ހުސްނުބާނީގެ ބަގީޗާ ދުށުމޭ ދެން ރަނގަޅީ" މި ބައިތުންނެވެ. މީ ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވައެކެވެ. ސަލާހުއްދީން ހައްދަވާފައިވާ މޮޅު ޅެމެކެވެ. މި ލަވައިގައި ދައްކަނީ މިއަދުގެ ދިވެހިންނަށް ރަނގަޅު ގޮތުގެ ވާހަކަ އެވެ. އެކަމަކު މި ލަވައާއި ރައީސްގެ އިންޑިއާ ދަތުރުފުޅާ އަޅުގަނޑަށް ގުޅުވާލެވެނީ އަދި މުޅިން އެހެން ގޮތަކަށެވެ. ފެންނަމުންދާ މަންޒަރުތަކުންނެވެ. އިވެމުންދާ އަޑުތަކުންނެވެ. ލިޔެފައި ހުރި ޚަބަރުތަކުން ވެސް މެއެވެ. ލަވައިގެ ފެށުމުގައި ވާ ފަދައިން މިވަގުތަށް ރައީސަށް ގޮސްލުމަށް އެންމެ މޮޅީ އިންޑިއާއެވެ. ދުށުމަށް އެންމެ ރަނގަޅީ އިންޑިއާގެ ބަގީޗާތަކާ ސިޓީތަކެވެ. އުމަރު އައްޔާރުގެ ސުންބުލި ވީ ތަނަކުން ނެރެގެން ގުމަހަކޮށްގެން ގެންގުޅުން މި ކުދިންނަށް ރަނގަޅު ކަމަށް ލަވައިގައި ބުނާއިރު، ރައީސަށް މިވަގުތު ރަނގަޅު ކަމަށް ފެންނަނީ އިންޑިއާ ރުޕީސްއެވެ. ކަރަންސީ ސްވޮޕްގެ ނަމުގައި އިންޑިއާއިން ދިން ލޯނެވެ. ޒާލުޒަރުގެ ވާރުތައިން ރުސްތުމަށް ލިބުނު މުސްލިމުން ބަލިކުޅަ ގުރުޒު މިކުދިންނަށް ލިބުން ރަނގަޅު ކަމަށް ލަވައިގައި ބުނާއިރު ރައީސަށް މިވަގުތު ރަނގަޅުވެގެން އުޅުއްވާތީ ފެންނަނީ އިންޑިއާގެ އަސްކަރީ އެހީތެރިކަމާ، އިންޑިއާގެ އަސްކަރީ އުޅަނދު ތަކެވެ. ޖޫދަރުގެ ކޮތަޅު ވީތަނަކުން ނެރެގެން ފޫހި ނުވެ ކައި އުޅުން މިކުދިންނަށް ރަނގަޅު ކަމަށް ލަވައިގައި ބުނާއިރު، ރައީސް އަށް މިވަގުތު މީރުވެގެން އުޅުއްވާތީ ފެންނަނީ ޕާނީ ޕޫރީ އާއި ގްލާބް ޖާމެވެ. ހައިދަރު އަބާދީ ބިރިޔާނީ އާއި އިންޑިއަށް ތާލީ އެވެ. 

ކޮންމެ އަކަސް އިއްޔެ ކަމުނުދިއަ އިންޑިއާ އާއި، ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން އުޅޭތީ ހިތްހަމަ ނުޖެހުނު އިންޑިއާގެ އަސްކަރިއްޔާ އާއި، ހިންދީންގެ ހަރުކަށި ފިކުރުގެ މީހަކަށް ވާތީ ރަތްމަހަށް ނުގޮވާވަރަށް އެއްޗެހި ގޮވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް އަށާއި ދިވެހި ސަރުކާރަށް މިއަދު ކަމުގޮސްގެން އުޅެނީ މީހަކު އެއްޗެއް ނުބުނާ ވަރަކަށް ނޫނެވެ. އެންމެ ބޮޑަށް ކޯފާވި އިންޑިއާގެ އަސްކަރީ އުޅަނދު ދަތުރު ކުރައްވަން އެންމެ އަރާމު އެއްޗަކަށް ވެސް ވިއެވެ. އިންޑިއާގެ ބައްޕަ ކަމަށް ބުނެވޭ މަހަތަމާ ގާންދީގެ މަގުބަރާ އަށް ޒިޔާރަތް ކުރައްވާ މާބޮނޑި ވެސް ބޭއްވެވީއެވެ. ގާންދީގެ ބުދާ ހަވާލުވެވަޑައިގެން އެވެސް ލިބިގަތީއެވެ. އިންޑިއާގެ ސަގާފީ ފޮތިގަނޑު ވެސް ކަރުފުޅުގައި އެޅުއްވީއެވެ. އެންމެ ފަހުން އެމީހުންގެ ފައިވާނަށް ވެސް އެރުއްވީއެވެ. ހިންދީ ލަވަ އާއި ހިންދީ ފިލްމުތައް ރަނގަޅުވެ، ހިންދީ ފިލްމިސްޓާރުންނާ ބައްދަލުވެސް ކުރެއްވީ އެވެ. ސަލާމް ގަލާން ކުރައްވާ ފޮޓޯވެސް ނެންގެވީއެވެ. ނުވިތާކަށް ރާއްޖޭގައި ހިންދީ ފިލްމުކުޅެން އައުމަށް ދައުވަތުވެސް އެރުވީއެވެ. ލޯބީގެ ރަމްޒެއްކަމަށް ބުނެވޭ ތާޖުމަހަލްއަށް ވަޑައިގެން ފޮޓޯވެސް ނެންގެވީއެވެ. 

ފަހަރުގައި މިއީ އިންޑިއާއަށް ވަޑައިގެންނެވި އެހެން ރައީސުން ވެސް ކުރެއްވި ކަންކަމަށްވެސް ވެދާނެ އެވެ. ނަމަވެސް އެބޭފުޅުން އިންޑިއާ އަށް ވަޑައިގަތީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން އުޅުއްވާފައެއް ނޫނެވެ. 

މިހާވަރުން ރައީސް ނިންމަވައެއް ނުލެއްވިއެވެ. އިންޑިއާގެ ސަގާފަތް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވައި ދެއްވަން ވެސް ނިންމެވީއެވެ. ދިގުކުރާކަށް އާ ކުރެއްވި އެއްބަސްވުންތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ސިޔާދަތާ ގުޅުން ހުރި ކަންކަމަށް ވާތީ ފަށްފަށް ކޮށްފައި އެވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. އައްޑޫ ސިޓީގެ ބޭރުގައި ބާއްވާ އިންޑިއާގެ މަނަވަރުން ފޮނުވާލާ މިސައިލަށް އައްޕަތުރޭ އިއްޔެ ނޭގުނަސް މިއަދު އެ މިސައިލް އައިސް ގޮވުމުގެ ކުރިން އައްޕަތުރޭތޯ އަހާނެ އެއްބަސްވުމަކަށް އިންޑިއާގެ ކޮންސިއުލޭޓް އެއްބަސްވުން މިއަދު ބަދަލުވި ވާހަކަ ދެއްކުމުގެ މާނައެއް ވެސް ނެތެވެ. އެކަތަ ހާބަރާ ހައިޑްރޯގްރަފީއާއި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ކަންކަން ކުރަން އެންމެ ރަނގަޅު ބަޔަކަށް މިއަދު އިންޑިއާ ވި ވާހަކަ ދައްކާނެ ބޭނުމެއް ވެސް ނެތެވެ. 

ލަވައިގައި ބުނާހެން މިއަދު ދިވެހިރާއްޖޭގެ ރައީސަށް ރަނގަޅުވާނެ ކަމަށް ފެންނަނީ އިންޑިއާގެ ފަރުބަދަތައް މަޑުވެ ފާރޮއްޓަށް ވުމެވެ. އިންޑިއަން އޯޝަން ސަރުބަތަށްވެ އިންޑިއާގެ ބިންގަނޑު ހަކުރަށްވެ އެ ހުރިހާ އެއްޗަކުން ކޭން ބައްލަވާ އުޅުއްވުމެވެ. އިންޑިއާގެ ގެރިތަކުން އުފައްދާ ގިތަލާ އިންޑިއާގައި އުފައްދާ މާމުއި ކާނެވަރަކަށް ކާން ލިބިވަޑައިގަތުމެވެ. 

ކަން އޮތީ މިހެން ކަމުގައި ވީއިރު ރައީސަށް މިވަގުތަށް އެންމެ މޮޅީ އިންޑިއާ އޭ މީހަކު ބުނެފާނެ ނޫންތޯއެވެ. މިވަގުތަށް ރައީސަށް މުހިއްމީ އިންޑިއާ އޭ ވެސް ބަޔަކު ކިޔާފާނެ ނޫންތޯއެވެ. މި އިންޒަމާނެއްގައި އިންޑިއާ އަށް ރައީސަކު ނުލެބޭ ވަރަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިންޑިއާ އަށް ލެބިވަޑައިގަންނަވައިފިއޭ ވެސް މީހުން ކިޔާފާނެ ނޫންތޯއެވެ.

މަގޭ ރިޕޯޓްޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅުރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރުއިންޑިއާ-ރާއްޖެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު