Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޞާލިޙާ މެދު ދެކެވަޑައިގަންނަވާ ގޮތް

ރައީސް ޞާލިޙަކީ ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވޭތޯ ބައްލަވާ ވެރިޔެއް: ރައީސް މައުމޫން

27 ޖުލައި 2021 | އަންގާރަ 03:44

ރައީސް ޞާލިޙަކީ ވަރަށް އަހްލާގު ރަނގަޅު، ވަރަށް ހަރުދަނާ ބޭފުޅެއް ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖުލައި 2021 | އަންގާރަ 03:44
ރައީސް ޞާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރައީސް ޞާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވޭތޯ ބައްލަވާ ވެރިޔެއް ކަމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރައީސް ޞާލިޙަކީ ވަރަށް އަޚްލާގު ރަނގަޅު، ވަރަށް ހަރުދަނާ މާތް ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތްތައް ނުކުރެއްވޭނެ ކަމަށާއި، އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އިއްތިޙާދު ހައްދަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ރައީސް މައުމޫން ވިދާޅުވީ ރައީސް ޞާލިޙާއެކު އެމަނިކުފާނަށް ސަޕޯޓް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމްއެމްއާރްއެމް އިން ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކޯލިޝަން ރޫޅާނުލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު މިނިސްޓަރު ޢިމްރާން ވިދާޅުވީ އޭރު ޕާޓީތައް ކޯލިޝަން ހެދުމުން ރައްޔިތުންގެ އުންމީދު ވަރަށް ބޮޑު ވެގެން ދިޔަކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އެކުވެގެން މަސައްކަތް ކުރެވޭނެ މާހައުލެއް އޮތް ހިނދެއްގައި ސަރުކާރާއެކު ދެމިތިބޭނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއެކު ރައީސް ޞާލިޙު ކުރިއަށް ވަޑައިގަންނަވާތަން ނުފެންނަ ކަމަށެވެ. 

ކޯލިޝަންގައި ހިމެނޭ ދެ ލީޑަރުން މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވެސް ވިދާޅުވީ ރައީސް ޞާލިޙަށް ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުން މިހެން ވިދާޅުވެފައި މިވަނީ މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ޕީޕީއެމް އިއްތިޙާދެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން ނަޝީދު ވަނީ  ޕީޕީއެމްއަށް ބަދަލު ތަކެއް ގެނެވި، އެ ބަދަލުތަކަކީ އިންޑިއާ އައުޓް ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކަށް ވެސް އެއްބަސްވާ ބަދަލުތަކަކަށްވެ، އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ-ޕީޕީއެމް އިއްތިޙާދެއް އުފެއްދެވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިންނެވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންދަވައި ޕީޕީއެމާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ.

އެހެންނަމަވެސް މިކަމާގުޅިގެން އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއިން ބުނަނީ އެ ޕާޓީން ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް