Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުން

ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މި މަޝްރޫއުގެ ދަށުން އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2021 | ހޯމަ 13:25
ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން

ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން

ހއ. ހޯރަފުށީ އެއަރޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ފައްޓަވައިދެއްވީ އެ ކުންފުނީގެ އެމްޑީ އާދަމް ޢާޒިމެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒަކީ ތަރައްގީގެ މަސައްކަތް ވީހާވެސް ބާރަށް ކުރިއަށް ގެންދަވައި، ތަރައްގީއާއެކު މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދެއްވުން ކަމަށެވެ. އަދި ވޭތުވެދިޔަ 2 އަހަރު ދުވަހަކީ ސަރުކާރަކުން އެންމެ ގިނަ ޕްރޮޖެކްޓް ކުރިއަށްގެންދެވި 2 އަހަރު ކަމަށާއި، މިއީ އެމްޓީސީސީން ކުރިއަށް ގެންދާ 64 ވަނަ ޕްރޮޖެކްޓް ކަމަށެވެ. އަދި މިއީ ހޯރަފުށީގައި ކުރިއަށްގެންދާ 4 ވަނަ ޕްރޮޖެކްޓް ކަމަށެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބަޖެޓުން 1 ބިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި، މީގެ އިތުރުންވެސް އެތައް ކަމެއް ދައުލަތުން ރައްޔިތުންނަށް ކޮށްދޭއިރު، ތިމާ ގައުމަށް ކޮށްދޭން ޖެހެނީ ކޮންކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ އިރު، ހޯރަފުށީ އެއަރޕޯޓުގެ މި މަޝްރޫއަކީވެސް އެފަދަ އެއް މަޝްރޫއު ކަމަށެވެ،

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، ހޯރަފުއްޓަކީ ތަރައްގީއަށް ބޭނުންވެފައިވާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދޭހަވަމުންދާ ކަމަށެވެ. އަދި ރައްޔިތުން އެއްބައިވެގެން މަސައްކަތް ކުރާނަމަ ހޯރަފުއްޓަށް މިއަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތައް ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް ހޯރަފުށީގައި ތަރައްގީގެ 9 މަޝްރޫއެއް ކުރިއަށްދާކަމަށް ވަޙީދު ވިދާޅުވިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 360 ދުވަހެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގައި އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ. އެމްޓީސީސީން މިހާރުވެސް ދަނީ ހޯރަފުށީގައި އިތުރު 3 ޕްރޮޖެކްޓެއް ވެސް ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު