Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ރާއްޖޭގެ މިނިވަން ދުވަސް

މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި ދިވެހި ސިފައިން ތިބޭނީ ސާބިތުކަންމަތީގައި: މޭޖަރ ޖެނެރަލް ޝަމާލް

ނުރައްކާތަކާއި ބޮޑެތި ކާރިސާތަކުގައި ސިފައިން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމުގެ ޖޯޝަކީ ދިވެހިންގެ ފަރާތުން ލިބޭ އެއްބާރުލުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 ޖުލައި 2021 | ހޯމަ 08:55
ޗީފް އޮފް ޑިފެންސްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޗީފް އޮފް ޑިފެންސްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ވާހަކަފުޅުދައްކަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ދިފާއުކުރުމުގައި ދިވެހި ސިފައިން ތިބޭނީ ސާބިތުކަންމަތީގައި ކަމަށެވެ.

ޝަމާލް ވިދާޅުވީ މި ފަޚުރުވެރި އުފާވެރި ދުވަހުގައި ދިވެހި ސިފައިންގެ ހިތްތަކުގައި ގުގުމާލަނީ ގައުމީ ޖޯޝާއި ވަތަނީ ލޯބިކަމަށެވެ. އަދި މާތްވި އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ދެމިތިބެ ޑިއުޓީ އަދާކުރުމުގެ މަތިވެރި ރޫޙް ކަމަށެވެ.

ވޭތުވެ ދިޔަ ދުވަސްތަކުން ފިލާވަޅު ދަސްކޮށް، ދިވެހި ރާއްޖޭގެ ރައްޔިތުންނާއި ވެރިން ހިމާޔަތްކުރުމުގައި ދިވެހި ސިފައިންގެ ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ބަދަލުވަމުން އަންނަ ސަލާމަތީ މަޝްރަހެއްގައި ހުރި ނުރައްކާތަކާއި ގޮންޖެހުންތަކަށް ނަޒަރުހިންގައި،  މާޒީން ސިފައިން އިބްރަތް ހާސިލްކުރަންޖެހޭ ކަމަށް ޝަމާލް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކޮށް، ސަފުތައް އިތުރަށް ތަރުތީބުކޮށް، މިހާރު ހުރި އުސޫލުތައް އެއަށް ވުރެ ހަރުދަނާކޮށް، ސިފައިންނަކީ ފަންނީ ބަޔަކަށް ހެދުމަށްޓަކައި މަސައްކަތްކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.  

ޝަމާލް ވިދާޅުވީ ރާއްޖެއަށް ދިމާވާ އެކިއެކި ނުރައްކާތަކާއި ބޮޑެތި ކާރިސާތަކުގައި ސިފައިން ހިތްވަރާއި ވަރުބަލިކަމެއްނެތި މަސައްކަތްކުރުމުގެ އެންމެ ބޮޑު އެއް ޖޯޝަކީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމާއި ހިތްވަރު ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި އަމާން، ރައްކާތެރި ސުލްހަމަސްލަސްކަން އޮތް ވެށްޓެއް ގާއިމުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ދިވެހި ސިފައިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޝަމާލް ދެއްވިއެވެ.  

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު