Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މިނިވަން ދުވަސް

މިނިވަންކަން ދެމެހެއްޓުމަށް ޚާރިޖީ ގުޅުންތައް މުހިންމު - ރައީސް

26 ޖުލައި 2021 | ހޯމަ 05:59

ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ގޮސްފި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ޖުލައި 2021 | ހޯމަ 05:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ހިމާޔަތްކުރެވޭ ގޮތަށް، ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި، ޤައުމީ ބަޠަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާޢުކުރަން ބޭނުންވި މިންވަރު ކަމަށް ވިދާޅުވެފައެވެ. އަދި މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް، ޢަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނާކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު، އެކަމަށް މަގުފަހިކޮށްދީފައި ވަނީ، ދިވެހިންގެ ތެރެއިން އެއްބައިވަންތަކަން ގެއްލި، ބައިބައިވުން އުފެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮންމެ ޤައުމެއްގައި ވެސް، އެންމެ މަތީ ދަރަޖައިގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް، މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައިކަން ފާހަގަކުރައްވައި ރައީސް ވަނީ ޤައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ޙާޞިލްކުރެވެނީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން ވެސް، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށް ވިދާޅުވެފައެވެ. އަދި މިނިވަންކަމަކީ، އިންސާނީވަންތަކަމާ ގުޅިފައިވާ ސިފައެއް ކަމަށާއި، މިއަދު ފާހަގަކުރަމުން މިދަނީ އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިބެން ފެށުމުގެ އުފާވެރި މުނާސަބާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އައުކުރަމުން މިއަންނަނީ، އެޙައްޤުތައް ޙިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ކަމުގެ އުފާވެރި ހަނދާންތައް ކަމަށެވެ. މި މުނާސަބަތުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، މި ޙައްޤުތައް ތާއަބަދަށް ކަށަވަރުކުރުމުގައި ތާއަބަދު ދެމިތިބުމަށް ޢަޒުމް ކަނޑައެޅުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް