Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދަށް ދިން ހަމަލާ

ދައުލަތުގެ މުސާރަ ހަލާލެއް ނޫން، އެކަމަކު އޮޅުވާލައިގެން ވިޔަސް ދައުލަތުގެ އިނާޔަތް ނެގުން އޯކޭ؟

ހަމަލާގެ މޯޓިވް ގޮސް ގުޅެނީ ހަރުކަށި ފިކުރާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 12:02
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ތަހުގީގަށް ހައްޔަރުކުރި 6 މީހުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ތަހުގީގަށް ހައްޔަރުކުރި 6 މީހުން

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާއި، ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އުޅޭ ކަމަށްވެއެވެ. ޖެހިލުންވުމެއް ނެތި، މީހެއްގެ ފުރާނަ ދުއްވާލަން ކެރޭ އެތައް ބަޔަކުވެސް އުޅެމުންދާކަމަށް ވެއެވެ. އަނެއްކޮޅުން ދީނީ ގޮތުން ހުންނަ ގަބޫލު ކުރުންތަކާ ދެކޮޅު ހަދައި، ދީނީ އަސާސްތައް ގަބޫލު ނުކުރާ އެތައް ބަޔަކުވެސް އުޅޭ ކަމަށް ވެއެވެ. ދީނަށް ޖޯކު ޖަހައި، ދީނަށް ފުރައްސާރަކުރާ މީހުންވެސް އުޅެއެވެ. ދީނީ ގޮތުން އުފެދެމުން މި ދާ ބައިބައިވުންގަނޑުގެ އެއް ސަބަބަކަށްވެސް ގިނަ ފަހަރު ވެފައި އޮންނަނީ މިފަދަ ގަބޫލު ކުރުންތައް އިތުރުވެގެން ދިއުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހުވެސް މި ވާހަކަތަކުގެ އަޑު މިވަނީ ނުހަނު ގަދަ ވެފައެވެ. ހަމަލާ ގޮސް ގުޅެނީ ހަރުކަށި ފިކުރާކަމަށް ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. ހަމަލާގެ ފަހަތުގައި ފޮރުވިފައިވާ "މޯޓިވް" ވެސް ގޮސް ގުޅެނީ ދީނީ ގޮތުން ގަބޫލު ކުރާ ހަރުކަށި ފިކުރާއި، އެ ގަބޫލުކުރުންތަކުގެ މައްޗަށް ރައީސް ނަޝީދާމެދު އުފެދިފައިވާ ނަފްރަތަށްކަން ފުލުހުން ފާހަގަ ކުރެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި، އެ ފިކުރަށް ޒުވާނުންނާއި، ޅައުމުރުގެ ކުދިން ފެއްތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އެފަދަ މައްސަލަތައްވެސް ދަނީ ފެންމަތިވެ ނިއުޅެމުންނެވެ. ގިނަ ފަހަރު އެކަންކަން ކޮށް އުޅޭ މީހުންނަކީ ދީނުގެ މާ ބޮޑު އިލްމެއް ހިލްމެއް ނެތި، އަމިއްލަ ގަބޫލުކުރުންތަކެއްގެ މައްޗަށް ގޮތް ނިންމާ ބައެއްކަން ފުލުހުން ފާހަގަ ކުރެއެވެ. ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ބާރުދޭ ގިނަ ވާހަކަތަކެއް މިވަނީ ފެންމަތިވެގެން ގޮސްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވާ ގޮތުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް، އެ ފިކުރުގެ މައްޗަށް މިފަދަ އަމަލުތައް ހިންގަމުންދާ މީހުން ނުވަތަ މި ފިކުރު ޕްރޮމޯޓު ކުރަމުން ދާ ބައެއް މީހުން ހަގީގަތުގައި ބަހާއި އަމަލު ދިމައެއް ނުވެއެވެ. ކުޑަކުދިންނާއި ޒުވާނުންނަށް ވަސްވާސްދީ މި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށާއި، ދައުލަތުގެ މުސާރަވެސް ހަލާލު ނުވާނެކަމަށް ގަބޫލު ކޮށްދިނުމަށް ނުކުންނަ ބައެއް މީހުންނަކީ އޮޅުވާލައިގެންވިޔަސް އެ އިނާޔަތްތައް ނަގަން ބޭނުންވާ މީހުންކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

ރިޔާޒް ވިދާޅުވާ ގޮތުގައި ދައުލަތް ކުފުރުކަމަށް ގަބޫލު ކުރާ މީހުން ދައުލަތުގެ އާމްދަނީ ލިބޭ މީހުންގެ ލެޔާއި މުދަލަކީވެސް ހުއްދަ އެއްޗެއްކަމަށް ދެކެއެވެ. އަދި ގާތް މީހުން ދައުލަތުގެ މަގާމުތަކުގައި ތިބޭނަމަ، ވަކިވުމަށްވެސް ބާރު އަޅައެވެ. ނަމަވެސް އެމީހުންގެ އަމަލުތަކާއި، ތަހުގީގަށް ފާހަގަވި ކަންކަމަށް ބަލާއިރު، އެމީހުންނަކީ ސީދާ އެ ހަރުކަށި ވިސްނުންތަކާ ފުށުއަރާ ކަންކަން ކޮށްފައިވާ މީހުންކަން ފާހަގަވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ސައްހަނޫން ލިއެކިއުންތައް ބޭނުންކޮށްގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދަން އެދުމާއި، ދައުލަތުގެ އެފަދަ އެހީތަކަށްވެސް އެދިފައިވާކަން އެނގިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެމީހުންގެ ފޯނާއި، ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތަކުންވެސް އެފަދަ ދީނީ ހަރުކަށި ފިކުރުގެ ވިސްނުންތަކެއް ގެންގުޅޭ ބައެއްނަމަ ނުފެންނާނެ "އެއްޗެހި" ފެނިފައިވާކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.

ކަންމިހެން ހުރުމުން އެނގިގެންދަނީ ދީނުގެ ނަމުގައި މި ގެންގުޅޭ ފިކުރުތަކަކީ ގިނަ ފަހަރު ދީނުގައި ކަންކަން އޮންނަގޮތް އެންމެ ރަނގަޅަށް ފަހުމުވެގެން ގެންގުޅޭ ނުވަތަ ގަބޫލުކުރާ ފިކުރުތަކެއް ނޫންކަމެވެ. ދީނުގެ ނަމުގައި މީހުން މަގުފުރައްދަމުން ގެންދާ މީހުންގެ އަމަލުތައްވެސް އެކަންކަމާ ދިމާ އިދިކޮޅުކަމެވެ. މި ހުރިހާ ކަމަކުންވެސް އުފެދިގެންދަނީ ގައުމުގެ އެތެރޭގެ ބައިބައިވުންތަކާއި، ކޯޅުންތައް ކަމެވެ. ކަފާސްވެގެން ދަނީ ގައުމުގެ ރީތި ނަން ކަމެވެ. މައިންބަފައިންވެސް ދަރިންނަަށް ދީނުގެ ރަނގަޅު ތަރުބިއްޔަތުގެ މަތީގައި ތަރުބިއްޔަތު ކުރަން އިތުރަށް ބާރުއަޅައި، ޚާއްސަ އިސްކަމެއް ދޭން ޖެހޭކަމެވެ. ދީނުގެ ނަމުގައި ޅަ ޒުވާނުންގެ ސިކުނޑިތައް "ދޮވެލަން" ޖާގަ ދެވިގެން ނުވާނެކަމެވެ. ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމެއް ނޯވެއެވެ. އަދި ދީނަށް ފުރައްސާރަކޮށް ޖޯކު ޖެހުމެއްވެސް ނޯވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު