Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ގެ ހަމަލާ

މެއި 6 ގެ ހަމަލާގެ ތަހުގީގުގައި ފުލުހުންނަށް އެންމެ ފުނަށް ދެވޭނެ ކަމަށް އުއްމީދު ކުރަން: އަސްލަމް

ފުލުހުން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2021 | އާދީއްތަ 09:26
ނޫސްވެރިންގެ ބައްދަލުވުމެއްގައި 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް އެންމެ ފުނަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ 6 މެއި ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރާ ކަމަށެވެ. މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހަމަލާގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ފުލުހުން ހާމަކުރީ މި މަހުގެ 24ވީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ގިނަ ސުވާލުތަކަކަށް ޖަވާބު ލިބިގެން ގޮސްފައިވާއިރު، ފުލުހުން ކޮށްފައިވާ މަސައްކަތްތަކަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހަމަލާއާ ގުޅޭ ގޮތުން އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވީ، މި ހަމަލާއަށް ފަންޑު ކޮށްފައިވާ ގޮތް ބެލުމަށް 317ށް ވުރެ ގިނަ ބޭންކް ސްޓޭޓްމަންޓުތައް ބަލާފައިވާ ކަމަށާއި، ބޮން ތައްޔާރު ކުރުމަށް ވަކިން އެޕާޓްމަންޓެއް ހިފާފައިހުރިކަން އެނގިފައިވާކަމަށެވެ. ނަމަވެސް، މިއީ އިނާމެއްގެ ގޮތުގައި ފައިސާ ދީގެން، މުގާބިލެއްގެ ގޮތުގައި ފައިސާ ބަހައްޓައިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ. މިއީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ނަފުރަތާއި ރުޅިވެރިކަމުގެ ތެރެއިން ދީފައިވާ ހަމަލާއެއްކަން، މިހާތަނަށް ހޯދި ހޯދުމުން އެނގިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ އިސްކޮށް އުޅުނު އެކަކު ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައެވެ. ފުޅާ ދާއިރާގައި މިތަހުގީގު ކުރިއަށް ގެންދާއިރު، މިހާތަނަށް 840ށް ވުރެ ގިނަ ތަންތަނަށް ޒިޔާރަތްކޮށް، 200ށް ވުރެ ގިނަ މީހުންނާއި ފުލުހުން ބައްދަލުކޮށްފައިވެއެވެ. އަދި ކުރިއަތް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގަތް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދެވުމަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު