Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮޗެޓީނޯ އެއްބަސްވުން އާކުރުން

ޕީއެސްޖީގެ އެއްބަސްވުން ޕޮޗެޓީނޯ އާކޮށްފި

24 ޖުލައި 2021 | ހޮނިހިރު 10:56

ޕޮޗެޓީނޯ ވަނީ އެއްބަސްވުން 2023 ގެ ނިޔަލަށް އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖުލައި 2021 | ހޮނިހިރު 10:56
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޕީއެސްޖީއާއެކު އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ޕީއެސްޖީގެ ކޯޗުގެ މަގާމާ އުމުރުން 49 އަހަރުގެ ޕޮޗެޓީނޯ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖެއްސީ، 2018 ވަނަ އަހަރު އެ ޓީމާ ހަވާލުވި ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމަށްފަހުއެވެ.

ޕީއެސްޖީއާއެކު ޕޮޗެޓީނޯ މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމަށެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓޭއިރު، އެ ފުރުސަތުގެ ބޭނުން ހިފައި ޕީއެސްޖީން ވަނީ ޕޮޗެޓީނޯގެ އެއްބަސްވުން 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ.

ޕީއެސްޖީގެ އެއްބަސްވުން ޕޮޗެޓީނޯ އާކުރިއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕޮޗެޓީނޯ އަލުން އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމް ހޮޓްސްޕާއާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެއާއެކު ޕީއެސްޖީގެ ކޯޗަކަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން ހަމަޖައްސަން އުޅޭ ކަމަށްވެސް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

ޕޮޗެޓިނޯގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީ ކުރިމަތިލާއިރު، އެ ޓީމަށް ވަނީ މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ގެއްލިފައެވެ. މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީއަށް ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ. އެކަމަކު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ފްރެންޗް ކަޕާއި، ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ޕީއެސްޖީއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ޕޮޗެޓީނޯ ވަނީ 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ޖުމްލަ 95 މެޗު ކުޅެދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕީއެސްޖީއާއެކު ޔުއެފާ އިންޓަޓޮޓޯ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް