Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނިވަން ދުވަސް

ދިވެހިންގެ މިނިވަންކަމާއި މާރޗް 29 ގުޅުވޭނެތަ؟

25 ޖުލައި 2021 | އާދީއްތަ 07:44

އިނގިރޭސިން އައްޑުއަތޮޅު ގަމުން ފޭބީ 29 މާރޗު 1976 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2021 | އާދީއްތަ 07:44
މިނިވަން ދުވަސް

މިނިވަން ދުވަސް

ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުމުގެ އެގްރިމެންޓުގައި ސޮއިކުރީ 26 ޖުލައި 1965 ގައެވެ. އެ ދުވަހުން ފެށިގެން 1978 ވަނަ އަހަރާ ހަމައަށް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައީ ޖުލައި 26 އެވެ. އެހެންނަމަވެސް 1978 ވަނަ އަހަރު އެދުވަސް ފާހަގަ ކުރީ 29 މާރޗުގައެވެ. ޖެހިގެން އައި އަހަރުން ފެށިގެން މިހާތަނަށްވެސް އެދުވަސް ފާހަގަ ކުރަމުން މިއަންނަނީ ޖުލައި 26 ގައެވެ. އެހެންވީމާ މިނިވަންކަމަށް 55 އަހަރު ފުރިގެން ދިޔައިރު ދެ ތާރީޚެއްގައި އެދުވަސް ވަނީ ފާހަގަ ކުރެވިފައެވެ.

ރާއްޖޭގެ ތާރީޚުން ފެންނަ ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ ތިން ފަހަރެއްގެ މަތިންނެވެ. އެއީ މީލާދީން 1558ން 1573ށް ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަކޮށް ރާއްޖޭގައި އެމީހުން ވެރިކަން ހިންގި ދުވަސްވަރާއި ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އަޅުވެތިކުރި ތިން މަހާއި ވިހި ދުވަހެވެ. އެއަށްފަހު ދެން 1887 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔުމެވެ.

މިނިވަން ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން މިދަނީ އިނގިރޭސިންގެ ކިބައިން މިނިވަންވުމުގެ ލިޔުމުގައި ސޮއިކުރި ދުވަހެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކަރއެވެ. ދިވެހިންގެ ފަރާތުން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެއްބަސްވުމުގައި ސޮއިކޮށް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އިނގިރޭސިން އައްޑުއަތޮޅު ގަމުން ފޭބީ 29 މާރޗު 1976 ގައެވެ. އިނގިރޭސިން ގަމުން ފޭބުމާ ހަމައަށްވެސް ގަމުގައި އޮތީ އިނގިރޭސިންގެ ބާރާއި ނުފޫޒެވެ. މާމެންދޫގައި ވެސް އިނގިރޭސީންގެ ނުފޫޒު އޮތެވެ.

އެއްބަސްވުމުގައި ސޮއިކޮށް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް އިނގިރޭސީން މިގައުމުން ފައިބާފައި ވަނީ ދުވަސްތަކަކަށްފަހުއެވެ. މިއީ ނާސިރުގެ ފަހު ދައުރުގައި މިނިވަން ދުވަސް މި 29 މާރޗްގައި ފާހަގަކުރި ސަބަބަކަށް ވެދާނެއެވެ. ނާސިރުގެ މި ނިންމުމާއި އެއްގޮތަށް 29 މާރޗުގައި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރެވުނީ އެންމެ އަހަރަކުއެވެ. އެއީ 1978 ވަނަ އަހަރެވެ.

ނާސިރުގެ ވެރިކަމުގެ ފަހު އަހަރު މިނިވަންދުވަސް 29 މާރޗުގައި ފާހަގަ ކުރައްވަން ނިންމެވި ސަބަބުތަކާމެދު ވަރަށް ދިގުކޮށް ބަހުސް ކުރެވިދާނެއެވެ. ކޮންމެއަކަސް ނާސިރުގެ ވެރިކަން ހަމަ އެއަހަރު ނޮވެމްބަރު އެގާރަ ވަނަ ދުވަހު ނިމުމާއެކު އައު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ފުރަތަމަ ބިލަކީވެސް މިނިވަން ދުވަސް ކަނޑައެޅުމުގެ ބިލެވެ. އިނގިރޭސީންގެ ހިމާޔަތް ނިމި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމުގެ އެގްރިމެންޓުގައި ސޮއިކުރެވުނު ދުވަހަކީ 26 ޖުލައި 1965 ކަން އެއްވެސް ޝައްކަކާނުލައި އެނގެން އޮތުމާއެކު މަޖިލީހުން ނިންމެވީ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

17 ޖޫން 2019

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

17 ޖޫން 2019
ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!
25 އެޕްރީލު 2019

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

25 އެޕްރީލު 2019
މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟
08 މާރިޗު 2019

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ
13 ނޮވެމްބަރު 2018

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟
25 ސެޕްޓެމްބަރު 2018

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން
04 ސެޕްޓެމްބަރު 2018

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!
12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް