Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
28 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް

ވޯލްޑް ޓްރެވަލް އެވޯޑްގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓުވެއްޖެ

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 ޖުލައި 2021 | ހޮނިހިރު 02:28
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއާކަނޑުގެ 10 ކެޓަގަރީއަކަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެއެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

މިއަހަރު ބާއްވާ 28 ވަނަ ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއާކަނޑުގެ 10 ކެޓަގަރީއަކަށް ރާއްޖެ ވަނީ ނޮމިނޭޓުވެފައެވެ. އެ ކެޓަގަރީތަކަކީ:

1- އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021

2- އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021

3- އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021

4- އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021

5- އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021

6- އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021

7- އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021

8- އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021:

9- އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021

10- އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021

މި ކެޓަގަރީތަކުގެ އިތުރުން ވެސް ރާއްޖެއިން ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ނޮމިނޭޓުވެފައެވެ. މި އެވޯޑަކީ ދުނިޔޭގެ ކްރޫސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.

އިންޑިއާކަނޑުގެ ކެޓަގަރީތަކަށް ވޯޓުދިނުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ވޯލްޑް ކްރޫސް އިންޑިޔާކަނޑުގެ ކެޓަގަރީތަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮގަސްޓް 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މީގެ ކުރިންވެސް ވަނީ އެކި އެވޯޑުތައް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ފާހަގަކޮށްލެވެއެވެ. އެއީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު