Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސޮން އެއްބަސްވުން އާކުރުން

ޓޮޓެންހަމުގެ އެއްބަސްވުން ސޮން އާކޮށްފި

ސޮން ވަނީ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ޖުލައި 2021 | ހުކުރު 14:15
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން

ޓޮޓެންހަމް ހޮޓްސްޕާ އާއެކު ހަދާފައިވާ އެއްބަސްވުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން އާކޮށްފިއެވެ.

ބަޔާ ލެވަކޫސެން ދޫކޮށް 2015 ވަނަ އަހަރު 22 މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ފޯވާޑް، އެ ޓީމާއެކު މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ 2023 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު މި ފަހަކަށް އައިސް ޓޮޓެންހަމުގައި ސޮން ދެއްކި މޮޅު ކުޅުމާއެކު، އޭނާގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން މިދިޔަ އަހަރުގެ ތެރޭގައި ޓޮޓެންހަމުން މަސައްކަތް ފެށިއެވެ.

އެއާއެކު ޓޮޓެންހަމުގެ އެއްބަސްވުން ސޮން އާކުރިކަން ހުކުރު ދުވަހުގެ ވަގުތެއްގައި އެ ކުލަބުން ވަނީ ހާމަކޮށްފައެވެ. ޓޮޓެންހަމުގެ ބަޔާނުގައިވާ ގޮތުން ސޮން ވަނީ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފައެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ ޓޮޓެންހަމުގައި މަޑުކުރާނެއެވެ.

ޓޮޓެންހަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 280 މެޗުގައި 107 ލަނޑު ޖަހާފައެވެ. ޓޮޓެންހަމާއެކު ސޮންއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އެ ޓީމުން 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މުޅިން އަލަށް ވާދަކުރިއިރު، ސޮންގެ ދައުރު ބޮޑެވެ.

މީގެ އިތުރުން ސޮންގެ ކެޕްޓަން ކަމުގެ ދަށުން ދެކުނު ކޮރެއާއިން ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން އެ ގައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި ސޮން ވަނީ އަސްކަރީ ތަމްރީނުތައްވެސް ފުރިހަމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު