Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށި ފިކުރު ފެތުރުން

ސަރުކާރުން ހަރުކަށި ފިކުރަށް ތާއީދުކުރެއޭ ބުނުން ރޮޒޭ ކުށްވެރިކުރައްވައިފި

23 ޖުލައި 2021 | ހުކުރު 14:47

ހަރުކަށި ފިކުރުގެ ބައެއް ސިފަތައް ގައުމުގެ އެތެރޭގައި ހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2021 | ހުކުރު 14:47
 ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

ސަރުކާރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ވިދާޅުވީ، ހަރުކަށި ފިކުރުގެ ބައެއް ސިފަތައް ގައުމުގެ އެތެރޭގައި ހުރިކަމަށާއި، އެއީ ކޮންމެ ގައުމެއްގައިވެސް ކަން ހިނގާ ގޮތް ކަމަށެވެ. ނަމަވެސް މުޅި ރާއްޖެއަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ނުވަތަ ރާއްޖޭގެ ސަރުކާރަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ސަރުކާރެކޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މި އަހަރުގެ އީދުގެ އުފަލާއި، އީދު ފާހަގަ ކުރުމަށް ބޭއްވި އެކި ހަރަކާތްތަކުންވެސް ރާއްޖޭގެ ސަގާފަތާއި، ގަބޫލުކުރުންތަކާއި، މިއުޒިކްގެ އެކި ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައިވާކަން ފާހަގަ ކުރައްވައި ރޮޒެއިނާ ވަނީ ރާއްޖެއަކީ ހަރުކަށި ފިކުރުގެ ގައުމެކޭ ބުނާ ވާހަކަތައް ކުށްވެރި ކުރައްވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށާއި، ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައިވާއިރު، އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އަދި ސިޔާސީ އެކި ފަރާތްތަކުން ގެންދަނީ އެކަމާމެދު ޝުއޫރު ފާޅު ކުރަމުންނެވެ.

ދާދި ފަހުން މެމްބަރު ރޮޒެއިނާވެސް ވަނީ ހުރިހާ ކަމަކީ "އަޑުގަދަކޮށްގެން" ހައްލުވާނެ ކަންކަމެއް ނޫންކަން ފާހަގަ ކުރައްވައި، ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކަންކަން ހައްލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ރޮޒެއިނާ ވަނީ ބަސްމަދުކޮށް އަމަލު ގިނަކުރާ އުސޫލު މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ބުނާއިރު، ކ. މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީން ދެނެގަތުމުގެ މަސައްކަތް ދާދި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ފަށާފައެވެ. އަދި އެފަދަ ގައިދީން ހޯދައި، އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގައިދީން އެއް ޔުނިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އެ ޔުނިޓް ވެގެންދާނީ އެފަދަ ގައިދީންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގާ، ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ޔުނިޓެއްކަމަށް ކަރެކްޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް