Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރުން

ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއަރލައިންތަކެއް

23 ޖުލައި 2021 | ހުކުރު 03:46

މޮސްކޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖުލައި 2021 | ހުކުރު 03:46
ޓޫރިޒަމް މިނިސްޓަރ ބައިވެރިވެޑައިގެން ރަޝިއާގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގެ ތެރެއިން

ޓޫރިޒަމް މިނިސްޓަރ ބައިވެރިވެޑައިގެން ރަޝިއާގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގެ ތެރެއިން

ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާރލައިންތަކުގެ ދަތުރުތައްފެށުމުގެ މަޝްވަރާތަކެއް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންގޮސްފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ރަޝިއާގައެވެ. އެގޮތުން ބުދަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ރަޝިއާގައި ގާއިމުކޮށްފައިވާ ދިވެހި ޓުއަރ އޮޕަރޭޓިންގ ކުންފުންޏެއްކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސް އާއި ރެޑުވިންގްސް އެއާރލައިން ގުޅިގެން މޮސްކޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޓޫރިޒަމް މިނިސްޓަރ، މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު، އެއާރލައިން އޮޕަރޭޓްކުރާ ޒިއާޓުއަރސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ސީއީއޯ ތޯމަސް ވައިސްވިލާއާ ހިއްސާކުރައްވާފައެވެ.

ބައްދަލުވުމަށްފަހު ޒިއާޓުއަރސް އާއި ރިސޯޓް ލައިފް ހޮލިޑޭސްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ރަޝިޔާ މާރކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާއެކު މަރުހަބާ ކިޔަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވެލް ޓްރޭޑް ޕާޓްނަރުން ކުރައްވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރ މައުސޫމް ވަނީ ބުރާސްފަތި ދުވަހު ވެސް މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެ ބައްދަލުވުމަކީ ރިސޯޓް ލައިފް އާއި ނޯރޑުވިންޑްސް އެއަރލައިން ކުންފުނިން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖެއަށް ދަތުރު ފެށުމަށް އެއާރލައިންތަކަށް ހުރި ފުރުސަތުތައް ފާހަގަކުރައްވާފައެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައް ފެށުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި މަޝްވަރާބައްދަލުވުންތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާހިމް ސިޔާދު ޤާސިމް އަދި ބިޒްނަސް ޑިވޮލްޕްމަންޓް ޑިރެކްޓަރ މުރާދު ހަސަން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރިސޯޓް ލައިފް ހޮލިޑޭސްގެ ދައުވަތަކަށް މިނިސްޓަރ މައުސޫމް ރަޝިއާއަށް ކުރައްވާފައިވާ މިދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ތޮއްޔިބް ޝަހީމް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުގައި މޮސްކޯގައި ހުންނަ ރިސޯޓް ލައިފް ހޮލިޑޭސްގެ އޮފީހަށް ޒިޔާރަތްކުރައްވައި މިނިސްޓަރ ވަނީ އެ އޮފީސް ބައްލަވާލައްވައި، އެ ކުންފުނީގެ ސީއީއޯ ވަލީދު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވަމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވައި ރިސޯޓް ލައިފްގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް