Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
23 އަހަރުން ދަށުގެ ޓީމު ކޭމްޕްކުރުން

ބަހްރޭނުގައި 23 އަހަރުން ދަށުގެ ޓީމު ކޭމްޕްކުރަނީ

ކޮލިފައިން މެޗުތައް ކުޅޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 11:59
އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ކުރިން ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭ ބަހްރޭނުގައި ގައުމީ ޓީމު ކޭމްޕްކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭއެފްސީން މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ވަނަ ދުވަހުގެ ނިޔަލަށް އުޒްބެކިސްތާނުގައެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހްރޭނުގައެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްގާނިސްތާނެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ 23 އަހަރުން ދަށުގެ ޓީމު ބަހްރޭނުގައި ކޭމްޕްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ކޮލިފައިންގެ ކުރިން ބަހްރޭނުގައި 10 ވަރަކަށް ދުވަހު ފަރިތަކުރުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ކޮލިފައިންގެ ކުރިން މާހައުލަށް ހޭނުމުގެ ފުރުސަތު ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރުގެ ކޮލިފައިންއާ ކުރިމަތިލާއިރު، މި ވަގުތު ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކެވެ. އެކަމަކު 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ކޮލިފައިންގައި މަސައްކަތްކުރާނެ ކޯޗެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. ބައްސާމް ވިދާޅުވީ އާންމު ގޮތެއްގައި 23 އަހަރުން ދަށުގެ ޓީމުގެ ކޯޗިން ސްޓާފުންނަށް އަންނަނީ ސީނިއާ ޓީމުގެ ކޯޗިން ސްޓާފުން ކަމަށާއި، އީދު ބަންދަށްފަހު 23 އަހަރުން ދަށުގެ ޓީމުގެ ކޯޗިން ސްޓާފުން އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

މި ފަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު، އެންމެ ފަހުން ރާއްޖޭން މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ސީނިއާ ޓީމުގެ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި ޕީޓަ ސެގާޓެވެ. އެ ފަހަރުގެ ކޮލިފައިންގައި ރާއްޖެއިން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ލުބުނާނާ ވާދަކުރިއިރު، ކޮލިފައިންގައި ރާއްޖެ ކޮޅަށް ވަނީ ޖުމްލަ 15 ލަނޑު ވަދެފައެވެ.

23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު