Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމަށް ކުޅުންތެރިން ނެގުން

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ހާއްސަ އުސޫލުތަކެއް

21 ޖުލައި 2021 | ބުދަ 11:18

ކްރައިޓީރިއާތައް ކުރިއަށް އޮތް މަސް ތެރޭގައި އިއުލާން ކުރެވިގެންދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޖުލައި 2021 | ބުދަ 11:18
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އެހާ ފަސޭހައިން ގައުމީ ޓީމަށް ކުޅުންތެރިން އެރިގެން ނުވާނެ ކަމަށާއި، އެހެންކަމުން ގައުމީ ޓީމަށް ކުޅުންތެރިން ހޮވޭނެ ކްރައިޓީރިއާތަކެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ގައުމު ތަމުސީލުކުރަންދާއިރު މުޅި އަހަރު ތެރޭގައި ކުލަބުތަކުގައި ބުރަ މަސައްކަތް ކުރާ ކުޅުންތެރިންނަށް ފުރުސަތުތަކެއް އޮންނަން ޖެހޭ ކަމަށާއި، އަލަށް ޓީމަކާ ގުޅިގެން އަންނަ ކުޅުންތެރިއަކަށް ގައުމީ ޓީމަށް ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ވަރަށް އަވަހަށް މި ކްރައިޓީރިއާތައް ހަދައި، ކުރިއަށް އޮތް މަސް ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު ހުރިހާ ކުޅުންތެރިންނާއި، ކުލަބުތައް އަދި ކޯޗުންނަށްވެސް މި ކްރައިޓީރިއާތައް ހިއްސާކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ކޮމިޓީއެއްގެ ގޮތުގައި ބޯޑެއް އެކުލަވާލެވިގެންދާނެ ކަމަށާއި، ކޮންމެ ފަހަރަކު ޓީމު ފުރުމުގެ ކުރިން ނުވަތަ ޓީމު އެކުލަވާލުމަށްފަހު މީޑިއާއަށް ސްކޮޑް ހާމަކުރުމުގެ ކުރިން، ޓީމަށް ނެގި ކުޅުންތެރިންގެ ތަފުސީލުތައް އޭރު ހުންނަ ކޯޗަކު ކިޔާދޭން ޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި މި ކްރައިޓީރިއާތަކާއެކު ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި މައްސަލަތަކެއް ދިމާނުވާނެ ކަމަށާއި އެކަމަކު އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ދިވެހި ޕްރިމިއާ ލީގުގެ 2023-2024 ވަނަ އަހަރުގެ ސީޒަނުގައި އަންނާނެ ބަދަލުތަކާއެ، އެ ލީގަށް އެކުލެވިގެންދާ ބޯޑާއެކުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކްރައިޓީރިއާތައް ކަނޑައަޅާއިރު ގައުމީ ޓީމަށް ނަގާ ކުޅުންތެރިއަކު ވަކި އަދަދަކަށް އަހަރު ތެރޭގައި މެޗު ކުޅެވެންޖެހޭނެ ކަމަށާއި، ނުވަތަ ވަކި އަދަދަކަށް މިނެޓު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ކުޅުންތެރިޔާގެ އަޚުލާގަށްވެސް ބަލަން ޖެހޭނެ ކަމަށާއި، އެގޮތުން އެ ކުޅުންތެރިއަކު ކުޅުނު މެޗުތަކުގައި އެ ކުޅުންތެރިއަކަށް ދެއްކި ކާޑުތައްވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު ކުޅުންތެރިއާގެ ފިޓްނަސްއަށް ބަލަންޖެހޭ ކަމަށާއި، އެގޮތުން ގައުމީ ޓީމަށް ނަގާ ކުޅުންތެރިއަކު އަހަރަކު ތިންވަރަކަށް ފިޓްނަސް ޓެސްޓު ހަދަން ޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ މިކަހަލަ ގޮތަކަށް ކްރައިޓީރިއާތައް ކަނޑައެޅުމަށް ވިސްނަމުން އައި ނަމަވެސް، މި ނިންމުންތައް ނިންމާނީ އެފްއޭއެމުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ކަމަށެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ހާއްސަ އުސޫލުތަކެއް އެކުލަވާލާއިރު، މި ފަހަކަށް އައިސް ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެންމެ އިންސާފުވެރި ނިންމުންތައް ނިންމާފައިނުވާ ކަމަށް ބުނެ އެފްއޭއެމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް