Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެހީ ފޯރުކޮށްދިނުން

ކޮވިޑާ ގުޅިގެން ހާލުގައި ޖެހިފައިވާ 71 އާއިލާއަކަށް އެހީ ފޯރުކޮށްދީފި

ދިރިއުޅުމަށް ބޭނުންވާ ގޯތި ގެދޮރު ހަމަޖައްސައިދޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 04:37
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ

އަހުލު ޕްރޮގްރާމުގެ ތެރެއިން 71 އާއިލާއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިއީ ކޮވިޑް-19 އާއެކު ދިރިއުޅުމުގެ ހާލަތު ބަދަލުވުމާ ގުޅިގެން ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ ތެރެއިން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ގޯތި ގެދޮރު ހަމަޖައްސައިދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، އެ އާއިލާއެއްގައި ހިމެނޭ ސްކޫލަށް ދާ އުމުރުފުރައިގެ ކުދިން އެހެން ސްކޫލަކަށް ބަދަލުކުރުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އަހުލު ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 71 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެހީއަށް އެދި ފޯމު ހުށަހަޅާފައިވާ 29 އާއިލާއެއްގެ ތެރެއިން 25 އާއިލާއަކަށް އެ ފަރާތްތަކުގެ ރަށުގައި ވަޒަންވެރިވުމަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

15 އާއިލާއަކަށް 3 މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، 7 އާއިލާއަކަށް 6 މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

7 އާއިލާއަކަށް 20،000ރ. ގެ ލޯނު އެހީތެރިކަން ދީފައިވާ ކަމަށާއި، އިތުރު 11 އާއިލާއަކަށް ދަތުރުގެ ޚަރަދު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

13 އާއިލާއެއް މި ޕްރޮގްރާމްއަށް ހުށަހެޅުމުގެ ކުރިން އަމިލްލައަށް ރަށަށް ބަދަލުވެފައި ވާތީ އެފަރާތްތަކަށް ދަތުރުގެ ޚަރަދު ދެވިފައި ނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑްގެ ސަބަބުން ދިރިއުޅުމުގެ ހާލަތަށް ނޭދެވޭ އަސަރުކޮށް، އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޖެންޑަރ މިނިސްޓްރީން ހިންގާ މި ޕްރޮގްރާމަށް ސަރުކާރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ދަށުން ވަނީ 25 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

މީގެ ތެރެއިން 10 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ މި އަހަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ 500 އާއިލާއަކަށް ލޯނުގެ ގޮތުގައި ދިނުމަށެވެ.

ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީއަށް އެދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު ޖެންޑަރ މިނިސްޓްރީގެ ކައުންޓަރުންނާއި،ވެބްސައިޓުންލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ފޯމް ހުށަހަޅަންޖެހެނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު