Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމަށް މެންބަރުން އިތުރުކުރުން

އަންނަ ރިޔާސީ އިންތިޚާބަށް ދާއިރު ޕީޕީއެމްގައި 100،000 އަށް ވުރެ ގިނަ މެންބަރުން ތިބެންޖެހޭ- އަދުރޭ

20 ޖުލައި 2021 | އަންގާރަ 08:04

އަދުރޭ ވިދާޅުވީ ޕީޕީއެމަށް އެ އަދަދަށް މީހުން ހަމަކުރެވިއްޖެނަމަ އެ ޕާޓީއާ ވާދަކުރަން އެހެން ޕާޓީތަކުން ޖެހިލުންވާނެ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖުލައި 2021 | އަންގާރަ 08:04
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަންނަ އިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި 100،000ށް ވުރެ ގިނަ މެންބަރުން ތިބެން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްވަމުން އަދުރޭ ވިދާޅުވީ އަތޮޅުތަކުގައި ތިއްބެވި މެންބަރުން މިވަގުތު އެންމެ އިސްކަމެއް ދެއްވަންޖެހޭ އެއް ކަމަކީ ޕީޕީއެމަށް މެންބަރުން އިތުރުކޮށް ދިނުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމަށް އެ އަދަދަށް މީހުން ހަމަކުރެވިއްޖެނަމަ އެ ޕާޓީއާ ވާދަކުރަން އެހެން ޕާޓީތަކުން ޖެހިލުން ވާނެ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވެފައިވަނީ ސިޔާސީ ފިކުރު އެއްކައިރި ކުރުމަށްފަހު ހުރިހާ ރައްޔިތުން ވެސް ނުކުންނަންވީ ގައުމީ މަސައްކަތަށް ކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ޕްލެޓްފޯމެއް އޮތީ ވެސް އެ ކޯލިޝަންގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕާޓީތައް އުފެއްދުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ކުދިކުދި ޕާޓީތަކަކީ މާބޮޑު ކަމެއް ކުރެވޭނެ ޕާޓީތަކެއް ނޫން ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ވެސް މައިގަނޑު އޮންނާނީ ދެ ފިކުރު ކަމަށާއި ރާއްޖެއަށް ބަލާއިރު ވެސް އޮތީ ކުރީގެ ރައީސް ޔާމީނުގެ ބިނާކުރަނިވި ފިކުރުގެ އިތުރުން ފަނާކުރަނިވި ފިކުރެއް ކަމަށެވެ.

ޕީޕީއެމަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ސަރުކާރުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީކަން ކުރެއްވި މުޙައްމަދު މަލީޙް ޖަމާލް އާއި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ ކޯލިޝަނާ ގުޅިވަޑައިގެންފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް