Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާއިލާތަކާ ކުދިން ހަވާލުކުރުމުގެ ގަވައިދު

އާއިލާތަކާ ކުދިން ހަވާލުކުރުމަށް ކޮމިޓީ މަރުހަލާއަކަށް

ކޮމިޓީ ޖަވާބުދާރީ ވާނީ މިނިސްޓަރަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 ޖުލައި 2021 | އަންގާރަ 07:17
ކުޑަކުދިންތަކެއް

ކުޑަކުދިންތަކެއް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން، އަލުން އެކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ކަންކަން ދެން ކުރިއަށްދާނީ ކޮމިޓީ މަރުހަލާއެއްގެ ތެރެއިން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން، އަލުން އެކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް އެކުލަވާލާ ކޮމިޓީއަކީ މި ކުދިންގެ ކަންކަން ބެލުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ލަފާދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާނެ ފަރާތް ކަމަށެވެ.

Advertisement - newsAdvertisement

މި ކޮމިޓީ އެކުލަވާލައްވާނީ ޖެންޑަރ މިނިސްޓަރު ކަމަށާއި، މި ކޮމިޓީ ޖަވާބުދާރީ ވާނީ މިނިސްޓަރަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމިޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކުދިންނަކީ ކޮބައިކަން ނިންމުމާއި، އެ ކުއްޖާ ހަވާލުކުރުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އެ މައްސަލައަކާ ހަވާލުވެހުރި އިޖުތިމާއީ ޚިދުމަތްތެރިޔާ ފާހަގަކުރާ ފަރާތްތަކާބެހޭ ލިޔުންތަކާއި އެސެސްމެންޓް ރިޕޯޓު ދިރާސާކުރުން ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާ، އާއިލާގެ ފަރާތުން ހަވާލުކުރަން ގަސްތުކުރާ ފަރާތާ އިންޓަރވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި އިންޓަރވިއު ކުރުމާއި، އެކުދިން އާއިލާތަކާ ހަވާލުކުރުމުގެ ކުރިން ނިންމަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ވެސް ނިންމާނީ މި ކޮމިޓީން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އެކުދިން އާއިލާތަކާ ހަވާލުކުރުމާބެހޭ ހުރިހާ މަރުހަލާއެއްގައި މި ކުދިން އާއިލާތަކާ ހަވާލުކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭނެކަން ކަށަވަރުކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އާއިލާތަކާ ހަވާލުކުރާ ކުދިންގެ ހާލަތު ބެލުމާއި، ކޮމިޓީގެ ހުރިހާ މަސައްކަތެއް ކުރުމުގައި ވެސް ކުއްޖާކު ކަރާމާތަށް އިސްކަންދޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މި ކޮމިޓީގައި ސިވިލް ސާވިސް މުވައްޒަފުންގެ އިސް މުވައްޒަފުންނާއި، ގާނޫނީ ވަކީލަކާއި، ސައިކޮލޮޖިސްޓެއް ހަރަކާތްތެރިވާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.  

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު