Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

ޗުއްޓީއަށް ގޮސްތިބި ގިނަބައެއްގެ އެދުމަށް ކުލަބޮކިތަކާއި ގިޑިގެތައް ނެގުން ފަސްކޮށްފި

2 ޖުލައި 2023 | އާދީއްތަ 02:18

މާލެ އާއި ވިލިމާލޭގައި 22 ގިޑިގެއާއެކު 2224 ބޮކި ވަނީ ހަރުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޖުލައި 2023 | އާދީއްތަ 02:18
ޢީދަށް ތައްޔާރުވުމަށް ގިޑިގެ ހަރުކޮށްފައި

ޢީދަށް ތައްޔާރުވުމަށް ގިޑިގެ ހަރުކޮށްފައި

ޗުއްޓީއަށް ގޮސްތިބި ގިނަބައެއްގެ އެދުމުގެ މަތިން މިއަހަރުގެ އަޟްހާ ޢީދަށް މާލެ ސިޓީ ޒީނަތްތެރި ކުރުމަށް މާލެ ސިޓީ ކައުންސިލުން މަގުތަކުގައި ހަރުކޮށްފައިވާ ކުލަބޮކިތަކާއި ގިޑިގެތައް ނެގުން ހަފްތާއަކަށް ފަސްކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ، މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ އެކި ސަބަބުތަކާހުރެ ޢީދު ބަންދުގައި ރާއްޖޭން ބޭރަށް ގޮސްތިބި ގިނަ ބަޔަކު މާލޭގައި ހަރުކޮށްފައި ހުރި ކުލަބޮކިތަކާއި ގިޑިގެތައް ބަލާލަން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށެވެ. އެހެންވެ، އެތަކެތި ނެގުން މިހާރު ފަސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ފުރަތަމަ ނިންމާފައިވާ ގޮތުން މިތަކެތި މިއަދުން ފެށިގެން ނަގާނެއެވެ. ނަމަވެސް ގިނަ ބަޔަކު އެގޮތަށް އެދޭތީ އަންނަ ހަފުތާ ބަންދަށް އެކަން ލަސްކުރީ ކަމަށް ވިދާޅުވިއެވެ. އެއީ މި މަހުގެ 7 އަދި 8 އެވެ.

އަޟްހާ ޢީދަށް މަރުހަބާ ކިޔުމަށް މާލެ ދިއްލާލާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން ޖުމްލަ 22 ގިޑިގެއާއެކު 2224 ބޮކި ވަނީ ހަރުކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މިއަހަރުގެ ޢީދަށް މާލެ ޒީނަތްތެރި ކުރީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމަކަށްވާއިރު ޢީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާތީއެވެ. އަދި ޢީދާ ދިމާކޮށް ގިޑިގެތަކާއި ބޮކިތަކުން މާލެ ދިއްލަން ނިންމީ ޢީދަށް މަރުހަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި އެފަދަގޮތަކަށް ކަންކަން ކުރާތީ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޟްހާ އީދުމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް