Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި؟

19 ޖުލައި 2021 | ހޯމަ 18:05

2008 ވަނަ އަހަރުގެ މުބާރާތްވެސް ވަނީ ރާއްޖެ އާއި ލަންކާގައި ބާއްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ޖުލައި 2021 | ހޯމަ 18:05
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ބަންގްލަދޭޝްއަށް ކުޑަވެފައިވާއިރު، ރާއްޖެ އާއި ލަންކާއާ ގުޅިގެން މި މުބާރާތް ހޯސްޓުކުރުމުގެ ވިސްނުމެއް ގެންގުޅުއްވަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި މުބާރާތް ވަނީ މި އަހަރަށް ފަސްކޮށްފައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި، އޭގެ އިތުރުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރެއް ހޯދަން ކުރާ މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ، ބަންގްލަދޭޝަށް ވަނީ މުބާރާތް ނުބޭއްވިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މުބާރާތް ބަންގްލަދޭޝްގައި ނުބޭއްވޭނެކަން ސާފްއިން މިހާތަނަށް އަންގާފައި ނުވާ ކަމަށާއި، ސާފްގެ އެންގުމަކީ ސްޕޮންސާޝިޕް ހަމަޖެހުމާއެކު މުބާރާތް ބާއްވާނެ ތަނެއް ނިމިގެންދާނެ ކަމަށެވެ. އެއާއެކު މުބާރާތް ބޭއްވުމަށް ނޭޕާލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިހާރު އޭނާގެ ވިސްނުމަކީ ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުން ކަމަށާއި، އެކަމަކު އެކަމަށް މަސައްކަތް ފެށޭނީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ މަސައްކަތެއްގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ރައީސް އޮފީސް ގުޅިގެން މަސައްކަތްކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ލަންކާއާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައިވާ ކަމަށާއި، އެފަދަ ފުރުސަތެއް އޮތް ނަމަ ބައިވެރިވާން ތައްޔާރަށް އޮތްކަން ލަންކާއިން ހާމަކޮށްފައިވާ ކަމަށެވެ. އަދި މި މުބާރާތް މީގެ ކުރިންވެސް ދެ ގައުމު ގުޅިގެން ބޭއްވި ގޮތަށް ބާއްވާނަމަ، ލަންކާއިންވެސް ޝައުގުވެރިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެކަމަކު އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްގެންދާނީ ރާއްޖޭގެ ސަރުކާރުގެ އިތުރުން ސާފްއާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި ލަންކާއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު، 2008 ވަނަ އަހަރުގެ މުބާރާތްވެސް ވަނީ ރާއްޖެ އާއި ލަންކާގައި ބާއްވާފައެވެ. އެ ފަހަރު ރާއްޖެއިން ވަނީ މުޅިން އަލަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެއަށްފަހު ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ރާއްޖެއިން ވަނީ ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް