Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުލް ހޯދުމަށް މަސައްކަތްކުރުން

ސައުލް ހޯދުމުގެ ރޭހުގައި ލިވަޕޫލާއި ޔުނައިޓެޑް

ސައުލް ބަދަލުވުން އެންމެ ގާތީ ބާސާ ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖުލައި 2021 | ހޯމަ 12:32
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ހޯދުމަށް ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިންވެސް އިނގިރޭސި ކުލަބަކަށް ބަދަލުވާން އުމުރުން 26 އަހަރުގެ ސައުލް ބޭނުންވާ ކަމަށް މީޑިއާގައި ރިޕޯޓުކުރެވުނެވެ. އެކަމަކު އޭރު އެތުލެޓިކޯއިން ސައުލް ވިއްކާލަން ނިންމި އަގު ބޮޑުވުމުން އެއްވެސް ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެތުލެޓިކޯއިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި، އިޓަލީގެ އުދިނޭޒީއަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލްގެ ސޮއި ހޯދާފައެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ސައުލް ބަދަލުވުން އެންމެ ގާތް ކުލަބަކީ ބާސެލޯނާއެވެ. އެކަމަކު އެ ޑީލުގެ ކަންކަން ހުއްޓިފައި އޮތުމުން، އިނގިރޭސި ދެ ކުލަބު ކަމަށްވާ ލިވަޕޫލާއި ޔުނައިޓެޑާއެކު ސައުލްގެ އޭޖެންޓް މަޝްވަރާކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ތެރެއިން ލިވަޕޫލުން ސައުލްގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ނެތްތަން ފޫބެއްދުމަށެވެ. މީގެ އިތުރުން ލިލްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމަށްވެސް ލިވަޕޫލުން މަސަައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސައުލް އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ސައުލް ސީނިއާ ކެރިއަރު ފަށާފައިވަނީވެސް އެ ޓީމުންނެވެ. އެއަށްފަހު ސައުލް ވަނީ މިހާތަނަށް އެތުލެޓިކޯއަށް 337 މެޗު ކުޅެދީ 43 ލަނޑު ޖަހާފައެވެ. އަދި ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސައުލް ނިގޭޒްލިވަޕޫލްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު