Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިޓް އާސެނަލަށް ބަދަލުވުން

ބެން ވައިޓް ގަންނަން އާސެނަލުން އެއްބަސްވުމަކަށް

އާސެނަލުން މީގެ ކުރިންވެސް ވައިޓް ހޯދަން މަސައްކަތްކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2021 | އާދީއްތަ 12:01
އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓް

އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓް

އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓް ގަަތުމަށް އާސެނަލުން ބްރައިޓަންއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުން ބްރައިޓަންއިން މިހާރު ވަނީ 50 މިލިޔަން ޕައުންޑަށް އުމުރުން 23 އަހަރުގެ ވައިޓް އާސެނަލަށް ވިއްކާލުމަށް ނިންމާފައެވެ. އަދި އާސެނަލުގެ މެޑިކަލް ޓެސްޓްތަކުގައި މި މަހުގެ 26 ވަނަ ދުވަހު ވައިޓް ބައިވެރިވާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ވައިޓް ގަންނަން އާސެނަލުން އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭނާ ހޯދުމަށް އާސެނަލުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ބިޑް ކޮށްފައެވެ.

ވައިޓް އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިންގްލެންޑުގެ ސްކޮޑުން ވައިޓަށް ފުރުސަތު ލިބުނީ ޔޫރޯގެ ކުރިން ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް އަނިޔާވުމުންނެވެ. އެކަމަކު މި ފަހަރުގެ ޔޫރޯގައި ވައިޓް މެޗެއް ކުޅެފައެއް ނުވެއެވެ.

ބްރައިޓަންއިން ސީނިއާ ކެރިއަރު ފެށި ވައިޓް މީގެ ކުރިން ވަނީ ލޯނު އުސޫލުން ނިއުޕޯޓް ކައުންޓީ އާއި ޕީޓަބޮރޯ ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑަށް ކުޅެފައެވެ. އޭގެ ތެރެއިން 2019-2020 ވަނަ އަހަރުގެ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ލީޑްސްއިން ހޯދިއިރު، ވައިޓް ވަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިދިޔަ ސީޒަނުގައި ވައިޓް ވަނީ ބްރައިޓަންއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އާސެނަލުން ވައިޓްގެ ސޮއި ހޯދުމާ ގާތަށް ޖެހިލިއިރު، އެ ޓީމުން ވަނީ މި ޓްރާންސްފާގައި ބެންފިކާއަށް ކުޅެމުން އައި އުމުރުން 21 އަހަރުގެ ނޫނޯ ޓަވަރޭސްގެ ސޮއި ހޯދާފައެވެ. އެކަމަކު ކުރިއަށް އޮތް ސީޒަނަށް ބްރެޒިލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އެއްބަސްވުން އާނުކުރަން އާސެނަލުން ވަނީ ނިންމާފައެވެ.

ބެން ވައިޓްއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު