Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޑީއޭއިން ދެމުންދާ ޚިދުމަތް

ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދެއް ނުކުރޭ: އެންޑީއޭ

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ މީހުންގެ ފަރުވާ އަށް ގިނަ ޚިދުމަތްތައް ދެމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖުލައި 2021 | އާދީއްތަ 05:36
ނޭޝަނަލް ޑްރަގް އެޖެންސީން، އެންޑީއޭގެ މައި އޮފީސް

ނޭޝަނަލް ޑްރަގް އެޖެންސީން، އެންޑީއޭގެ މައި އޮފީސް

ނޭޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ)އިން ދެމުންދާ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނުކަމުގައި ވީނަމަވެސް ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުނުކުރާ ކަމަށް އެ އޭޖެންސީން ބުނެފިއެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާ އަށް ގިނަ ޚިދުމަތްތައް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ހިންގަމުން ގެންދާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން ބައެއް މަރުކަޒުތައް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކަން ދޮގުކޮށް އެ އޭޖެންސީން ބުނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އޭޖެންސީން އުފައްދާ ހިންގަމުން ގެންދާ ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

އެންޑީއޭއިން ބުނީ ފަރުވާދޭ މަރުކަޒުތަކުން ދެމުންގެންދާ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ފެސިލިޓީތައް މެޕްކުރުމާއި، ޓްރީޓްމެންޓް ޕްރޮގްރާމްތައް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށްދާތީ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނުކަމުގައި ވީނަމަވެސް ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުކުރުމަށް ހަމަޖެހިފައިނުވާ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

އެންޑީއޭއިން ބުނީ މާލެ ސިޓީގައި ޑީޓޮކްސިފިކޭޝަން ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ތިބުމާ ގުޅިގެން އެމީހުންނަށް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ފޭސް 2 ގައި ޑީޓޮކްސިފިކޭޝަންގެ ޚިދުމަތް ދެމުންގެންދާ ކަމަށެވެ.

އެންޑީއޭނޭޝަނަލް ޑްރަގް އޭޖެންސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2025

އެންޑީއޭ ނުހިންގި ބޮއްސުންލައިގެން ލުބުނާ އެތަނުން ވަކިކޮށްފި

21 އޮކްޓޯބަރު 2025
އެންޑީއޭ ނުހިންގި ބޮއްސުންލައިގެން ލުބުނާ އެތަނުން ވަކިކޮށްފި
07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
22 ސެޕްޓެމްބަރު 2025

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު