Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ13 އަހަރުގެ ކުއްޖާގެ މަރު

13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓް ލިބިއްޖެ

13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ މި މަހުގެ 5 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖުލައި 2021 | އާދީއްތަ 02:50
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު

މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުމަތި ފަރާތު މޫދުގައި މަރާލާފައި ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލާފައިވަނީ 12 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށާއި، ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓް ފުލުހުންނަށް ލިބިފައިވީ ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ޕޯސްޓްމޯޓަމް ހެދުމަށް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފޮނުވީ ޓްރިވެންޑްރަމްގެ ގަވަރމެންޓް މެޑިކަލް ކޮލެޖަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގެ މޫދު ތެރޭގައި ދަގަނޑެއްޖަހައި އޭގައި އައްސާފައި އޮތް ފޮއްޓެއްގެ ތެރެއަށް އެ ކުއްޖާގެ ހަށިގަނޑު ލާފައި އޮއްވާ ފުލުހުން އެ ކުއްޖާ ނެގީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 20 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު އެތަނުން ނެގީ ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ހާޒިރުގައެވެ.

މި މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ އެކަން ކުރުމަށްފަހު ފިލަން ގޮސް މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބާ މި މަހުގެ 23 ވަނަ ދުވަހުއެވެ. މިކަމުގައި އަދި އިތުރު މީހަކުވެސް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވާއިރު، އަދި އެމީހާ ހޯދިފައެއް ނުވެއެވެ.

ރަހީނުކޮށްގެން ގެންގުޅުނު ކުއްޖަކު މަރާލުންމޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު