Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އަނދަނީ

އެމެރިކާގެ ހުޅަނގު ބިތުގައި ބޮޑެތި އަލިފާންގަނޑުތަކެއް ފެތުރެނީ

18 ޖުލައި 2021 | އާދީއްތަ 02:46

2020 ވަނަ އަހަރާ އަޅާ ބަލާއިރު މި އަހަރު އަލިފާން ފެތުރެމުންދާގޮތް ނުރައްކާ ބޮޑު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖުލައި 2021 | އާދީއްތަ 02:46
އެމެރިކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ފެތުރި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށްދާން ޖެހިފައި

އެމެރިކާގެ އެކި ސަރަހައްދުތަކުގައި އަލިފާން ފެތުރި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށްދާން ޖެހިފައި

އެމެރިކާގެ ހުޅަނގު ބިތުގައި 60ށް ވުރެ ގިނަ އަލިފާންގަނޑު ފެތުރެން ފަށައިފިއެވެ.

ހޫނު ގަދަވެ ރޯވަމުން އަންނަ އަލިފާންގަނޑުތައް އެމެރިކާގެ 10 ސްޓޭޓެއް ފަތަހަ ކުރަމުންދާ އިރު، އޮރެގަން ގައި ފެތުރެމުން އަންނަ އަލިފާންގަނޑު ޕޯޓްލޭންޑުގެ ދެގުނައަށްވުރެ ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާންގަނޑު ފެތުރި އެތައް ގެއެއް ބިމާ ހަމަކޮށްފައިވާ އިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި އެލަސްކާއިން ފެށިގެން ވަޔޮމިންއާ ހަމައަށް ހިމެނޭ ސްޓޭޓްތައް ހިމެނެއެވެ. އެރިޒޯނާ، އިޑާހޯ އަދި މޮންޓާނާއަކީ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުކަމަށް ނެޝަނަލް އިންޓަޖެންސީ ފަޔަރ ސެންޓަރުން ބުނެއެވެ.

އަލިފާންގަނޑު ފެތުރެމުން ދަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި ހަފްތާއެއްގެ ތެރޭގައި އެތައް ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ހޫނުގަދަވުމުގެ ސަބަބުން ފެތުރެމުންދާ އަލިފާންގަނޑު ކުރިއަށްވުރެ މިހާރު ނުރައްކާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހީޓްވޭވް ގިނަ ސަރަހައްދުތަކަށް އަރާފައިވާ އިރު، އަންގާރަ ދުވަހާ ހަމައަށް މީގެ އަސަރު ނިމޭނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ވެސް ހީޓްވޭވް ފެތުރިފައިވެއެވެ. ބެލެވޭ ގޮތުގައި 80ގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި އަލިފާން ފެތުރުނު މިންވަރަށްވުރެ ބޮޑަށް މި ފަހަރު އަލިފާންގަނޑު ފެތުރި ގެއްލުން ވާނެއެވެ.

އުތުރު ކެލިފޯނިއާގައި އަލިފާންގަނޑު ފެތުރެމުން ދިޔަ އިރު ހޮނުއެޅުމުގެ ސަބަބުން އަލިފާން ފެތުރުނު މިންވަރު އިތުރުވެގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ފަޔަރފައިޓަރުން އަލިފާން ނިންވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދާއިރު މިހާތަނަށް ކޮންޓްރޯލްކުރެވިފައިވަނީ 46 އިންސައްތައެވެ. އަލިފާންގަނޑު ބޮޑަށް ރޯވެ ފެތުރިފައިވަނީ ހޫނު ގަދަވުމާއި ވައިބާރުވުމާއި ހިއުމިޑިޓީ ދަށްވުމުގެ ސަބަބުންނެވެ. މިއާއެކު 3000ށް ވުރެ ގިނަ މީހުން ވަނީ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދުތަކުން ނެވާޑާއަށް ބަދަލުކޮށްފައެވެ.

މިހާތަނަށް އައި އިރު އެތައް ގެއްލުމެއްވެ، ގިނަ ގެތަކެއް ވަނީ އަނދައި، ބޭނުން ނުކުރެވޭ ވަރުވެފައެވެ. އަދި ލިބުނު ގެއްލުމުގެ އަންދާޒާއެއް ހަދަމުން އަންނަ އިރު، ޕްލަމްސްގެ ނެޝަނަލް ފޮރެސްޓް ހިމެނޭ ގޮތަށް 362 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އަނދާ ހުލިވެފައެވެ.

އާދީއްތަ ދުވަހު ނެވާޑާގެ ދެކުނު ސަރަހައްދުގައި ފެތުރުނު އަލިފާންގަނޑުގެ ސަބަބުން ޔޮސެމެޓީ ނެޝަނަލް ޕާކުގެ 36 އަކަ ކިލޯމީޓަރުގެ ސަރައްހައްދެގައި ރޯވިއެވެ. ނަމަވެސް އެތަނުން އަލިފާން ކޮންޓްރޯލް ކުރެވުނީ އެންމެ 10 އިންސައްތައެވެ.

އެމެރިކާގައި މިހާތަނަށް އެންމެ ބޮޑަށް ފެތުރެމުންދާކަމަށް ރިކޯޑް ކުރެވުނު އަލިފާންގަނޑު ފެނުނީ އޮރެގަންގެ ދެކުނު ހުޅަނގު ކެލިފޯނިއާގެ ބޯޑަރު ސަރަހައްދުންނެވެ. ހަފްތާ ބަންދު ތެރޭގައި އަލިފާން ފެތުރުނު މިންވަރު ދެގުނަ އިތުރުވެގެން ދިޔައިރު 2000 އެއްހާ ގެއަށް ވަނީ ގެއްލުންވެފައެވެ. އަދި 7 ގެއެއް އަނދާ އަޅިއަށްވި އިރު، އިތުރު 40 އިމާރާތެއްގައި އަލިފާން ރޯވިކަމަށް ރިޕޯޓްތައް ބުނެއެވެ.

2020 ވަނަ އަހަރަށްވުރެ ބޮޑަށް މިއަހަރު އަލިފާން ފެތުރިފައިވެއެވެ. ޖެނުއަރީ 1ން ފެށިގެން 13 ޖުލައިއާ ހަމައަށް 33،953 އަލިފާންގަނޑު ރޯވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އިރު، 2020 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކުރީ 27،770 އަލިފާންގަނޑެވެ.

އެމެރިކާއެމެރިކާގައި ފެތުރެމުންދާ އަލިފާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް