Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާލިން ބްރައުޓް ހާލަންޑް

ހާލަންޑް ވިއްކާލުމާ މެދު ޑޯޓުމުންޑަށް ގޮތެއް ނުނިންމިފައި

17 ޖުލައި 2021 | ހޮނިހިރު 13:58

މި ޓްރާންސްފަރ މާކެޓުގައި ހާލަންޑް ނުވިއްކާނަމަ ޑޯޓުމުންޑަށް މާލީ ގޮތުން ގެއްލުން ވެދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖުލައި 2021 | ހޮނިހިރު 13:58
ބްރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް

ބްރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް

ބްރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވިއްކާލުމާއި މެދު ގޮތެއް ނިންމުމަށް ދަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް، އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

މި ޓްރާންސްފާ މާކެޓުގައި ޑޯޓުމުންޑުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޖޭޑަން ސަންޗޯ ވަނީ އެ ޓީމު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އަނެއްކޮޅުން ހާލަންޑް ހޯދުމަށް ޗެލްސީން އޮތީ 150 މިލިއަން ޕައުންޑް ހަރަދުކުރުމަށް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހާލަންޑް މަޑުކުރުވަން ޑޯޓުމުންޑުގެ ކޯޗު މާކޯ ރޯސް ބޭނުންވެއެވެ. އެކަމަކު މި ޓްރާންސްފާ މާކެޓުގައި ހާލަންޑް ޑޯޓުމުންޑުގައި ބަހައްޓައިފިނަމަ އަންނަ ސީޒަނުގައި އޭނާ ޑޯޓުމުންޑް ދޫކޮށްލައިފިނަމަ، އެ ޓީމަށް މާލީ ގޮތުން ބޮޑު ގެއްލުމެއްވާނެއެވެ.

އެއީ އަންނަ އަހަރު ހާލަންޑް ގަންނަނަމަ 70 މިލިއަން ޕައުންޑްއަށް އެ ޑީލް ނިންމައިލެވޭނެ އެވެ. އެކަމަކު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 20 އަހަރުގެ ހާލަންޑް މަދުވެގެން 170 މިލިއަން ޑޮލަރުގެ ޑީލެއްގެ ތެރެއިން ވިއްކާލެވޭނެއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާގައި ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، އޭގެ ތެރޭގައި ޗެލްސީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ. ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރި ނަމަވެސް، މި ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑޯޓްމުންޑާއެކު ހާލަންޑް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 59 މެޗުގައި 57 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޑޯޓްމުންޑާއެކު މިދިޔަ ސީޒަނުގެ ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ.

އާލިން ބްރައުޓް ހާލަންޑް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2024

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024
ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް
01 ސެޕްޓެމްބަރު 2024

ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި

01 ސެޕްޓެމްބަރު 2024
ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި
09 މެއި 2024

ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ ހާލަންޑް

09 މެއި 2024
ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ ހާލަންޑް
05 މެއި 2024

ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި

05 މެއި 2024
ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި
04 ޖެނުއަރީ 2024

އެމްބާޕޭ ނުވަތަ ހާލަންޑް ގެނެވޭކަށް ނެތް: ޒަވީ

04 ޖެނުއަރީ 2024
އެމްބާޕޭ ނުވަތަ ހާލަންޑް ގެނެވޭކަށް ނެތް: ޒަވީ
30 ޑިސެމްބަރު 2023

ޝެފީލްޑް ޔުނަައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހާލަންޑް އަދި ޑި ބްރެނާ އަށް ނުކުޅެވޭ

30 ޑިސެމްބަރު 2023
ޝެފީލްޑް ޔުނަައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހާލަންޑް އަދި ޑި ބްރެނާ އަށް ނުކުޅެވޭ
24 ޑިސެމްބަރު 2023

އެމްބާޕޭގެ ހިޔާލު އެއްފަރާތްކޮށް ހާލަންޑް ގަންނަނީ

24 ޑިސެމްބަރު 2023
އެމްބާޕޭގެ ހިޔާލު އެއްފަރާތްކޮށް ހާލަންޑް ގަންނަނީ
21 ޑިސެމްބަރު 2023

ސިޓީގެ ފަރިތަކުރުންތަކަށް ހާލަންޑް ނިކުންނަން ފަށައިފި

21 ޑިސެމްބަރު 2023
ސިޓީގެ ފަރިތަކުރުންތަކަށް ހާލަންޑް ނިކުންނަން ފަށައިފި
20 ނޮވެމްބަރު 2023

ބާސެލޯނާއާއި ރެއާލް އަށް ދިޔަ ނުދިނުމަށް ހާލަންޑްގެ މުސާރަ އާއި އަގު މަތިކުރަނީ

20 ނޮވެމްބަރު 2023
ބާސެލޯނާއާއި ރެއާލް އަށް ދިޔަ ނުދިނުމަށް ހާލަންޑްގެ މުސާރަ އާއި އަގު މަތިކުރަނީ
30 އޮކްޓޯބަރު 2023

ޔުނައިޓެޑްގެ ދަނޑުގައި ސިޓީން ހޯދީ ފުރިހަމަ މޮޅެއް، ހާލަންޑް ދެ ލަނޑު ޖެހި

30 އޮކްޓޯބަރު 2023
ޔުނައިޓެޑްގެ ދަނޑުގައި ސިޓީން ހޯދީ ފުރިހަމަ މޮޅެއް، ހާލަންޑް ދެ ލަނޑު ޖެހި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް