ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 22:40
އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާޞާލިޙަށް އެރުވުމުގެ ތެރެއިން
އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާޞާލިޙަށް އެރުވުމުގެ ތެރެއިން
ރައީސް އޮފީސް
241 ކޮމިޓީ ރިޕޯޓްގެ ރިކޮމެންޑޭޝަންތައް
241 ކޮމިޓީގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރާ މިންވަރު، އަންނަ ހަފުތާގައި ބަލަން ފަށަނީ
 
މި ރިޕޯޓް ނިންމުމަށްފަހު މަޖިލީހުން އަމާޒު ހިފާފައިވަނީ 241 ކޮމިޓީގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރާ މިންވަރު ބަލަން ފަށަންކަމަށް ވިދާޅުވި
 
މި ރިޕޯޓްގައި 45 ރިކޮމެންޑޭޝަންއެއް ހިމަނާފައިވާއިރު، މިކަމަށް އަމަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި
 
މޫސާ ސިރާޖު ވަނީ 241 ކޮމިޓީގެ ރިޕޯޓްގެ ފުރިހަމަކަށް އެންމެންވެސް ބުނަމުންދާކަމަށް ވިދާޅުވި

241 ކޮމިޓީޓީގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރާ މިންވަރު އަންނަ ހަފުތާގައި ބަލަން ފަށަން ނިންމާފައިވާކަމަށް ކޮމިޓީގެ މެމްބަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ކޮމިޓީގެ މެމްބަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ 241 ކޮމިޓީގެ ރިޕޯޓްގެ ފުރިހަމަ ކަމަށް އެންމެންވެސް ބުނަމުންދާކަމަށެވެ. އެގޮތުން މި ރިޕޯޓްގައި 45 ރިކޮމެންޑޭޝަންއެއް ހިމަނާފައިވާއިރު، މިކަމަށް އަމަލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެހާ ބޭފުޅުން ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިހާރު މި ރިޕޯޓް ނިންމުމަށްފަހު މަޖިލީހުން އަމާޒު ހިފާފައިވަނީ 241 ކޮމިޓީގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރާ މިންވަރު އަންނަ ހަފުތާގައި ބަލަން ފަށަން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމާ ގުޅިގެން، ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ އެމަނިކުފާނު މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިސްލާހުކުރުމުގައި އަމަލުކުރާނީ ކިހިނެތްތޯއާއި، މި ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ރިޕޯޓް ބަލައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވައި، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހަޅުއްވައި، ގައުމީ ސަލާމަތާ ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮމެންޓް
ގުޅުންހުރި
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ދިފާއީ ވަޒީރު 241 ކޮމިޓީއަށް ހާޒިރުކުރަނީ
މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ 241 ކޮމިޓީއަށް
އިންޑިޔާއަށް އިހުތިރާމްކުރުމަށް ނަޝީދު ގޮވާލައްވައިފި
ޑިޕްލޮމެސީއެއް، އަޚްލާގެއް ނެތް ވެރިންތަކެއްގެ ސަބަބުން އަގު ވެއްޓުނީ ގައުމުގެ، ހުރިހާ ގެއްލުމެއް ދިވެހީންނަށް!
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލާ 241 ކޮމިޓީ ސިއްރުކޮށްފި