Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި

15 ޖުލައި 2021 | ބުރާސްފަތި 07:40

ނަމަށް ބަދަލުގެނައީ ރާއްޖޭގެ ފުރަތަމަ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލްގެ ނަމަށް ނިސްބަތްކޮށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 ޖުލައި 2021 | ބުރާސްފަތި 07:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ތަހްޞީޞްކޮށްދެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ތަހްޞީޞްކޮށްދެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ތަހްޞީޞްކޮށްދެއްވައިފިއެވެ.

ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު މިކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ . އަދި މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައިކަމަށާއި، މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އ.ދގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ބަދަލުކޮށްފައިވާއިރު، އާދީއްތަ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީން ޚިދުމަތްދޭނީ އެ މިނިސްޓްރީ ހިންގަމުން އައި، ކުރީގެ އިމާރާތުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތް ބާވެ އެތަން ހަލާކުވާން ފެށުމުން އެތަން މަރާމާތަށް ބަންދުކުރުމަށް ފަހު މިހާރު ޚިދުމަތް ދެމުން އަންނަނީ ހުޅުމާލެ ފެރީ ޓަރމިނަލްއާ ޖެހިގެން ހަދާފައި ހުރި، މިނިސްޓްރީގެ ވަގުތީ އިމާރާތުގައެވެ. ފޮރިން މިނިސްޓްރީން ބުނީ ރަސްމީ އިމާރާތުގެ މަސައްކަތް ނިމި އާދީއްތަ ދުވަހުން ފެށިގެން އެތަނުން ޚިދުމަތް ދޭން އަނެއްކާ ވެސް ފަށާނެ ކަމަށެވެ. އަދި އިމާރާތް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދާއިރު މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފައިވެއެވެ. މިނިސްޓްރީގެ އިމާރާތް މަރާމާތްކުރުމަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައެވެ. އެ މިނިސްޓްރީ އިމާރާތްކޮށްފައި ވަނީ ޗައިނާގެ އެހީގައެވެ.

ޚާރިޖީ ވުޒާރާރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް