Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު

ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ލިބުނު ފަރާތްތަކުގެ މައްސަލަ ވެސް އަންނަނީ ބަލަމުން: ފުލުހުން

އެމައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއްވެސް ބަލާ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުން ކަމަށް ފުލުހުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 02:30
ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ލިބިވަޑައިގަތުމުން އެމައުލޫމާތު ނަޝީދާއި މާރިޔާއާ އިލްޔާސްވަނީ ހިއްސާކުރައްވާފައި

ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު އިލްޔާސަށް ލިބިވަޑައިގަތުމުން އެމައުލޫމާތު ނަޝީދާއި މާރިޔާއާ އިލްޔާސްވަނީ ހިއްސާކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު އެ ހަމަލާގެ މައުލޫމާތު ލިބުނު ފަރާތްތަކާ ގުޅޭގޮތުން ތަހުގީގުތެރެއިން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އެނގިވަޑައިގެން، އެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާ ހިއްސާކުރިއިރު މި ދެބޭފުޅުންކުރެ އެއްވެސް ބޭފުޅަކު އެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައިނުވާތީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމުގެ މައުލޫމާތު ލިބުމުން އެކަން ސާފުކުރުމަށް "ރާއްޖެއެމްވީ"ން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ފުލުހުން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުގީގަކީ މިވަގުތު ފުލުހުން އެންމެ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ މައްސަލަކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެ މައްސަލަ ތަހުގީގުކުރާއިރު އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް ބަލައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވަނީ ކުރިޔަށްގެންގޮސްފައެވެ. އެ އިންކުއަރީ ނިންމައި، ރިޕޯޓް އާންމުކޮށްފައިވާއިރު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 3 ވަނަ ދުވަހު އެ ފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާކުރައްވާފައިވާއިރު އެ މައުލޫމާތު މިނިސްޓަރު އެހެން ފަރާތަކާ ހިއްސާނުކުރެއްވީ އެއީ މައުލޫމާތެއް ނޫންކަމަށް ވާތީކަމަށާއި އެއީ ފޯން ކޯލަކަށް ވާތީކަމަށް މާރިޔާ ވިދާޅުވެފައިވާކަމަށް ވަނީ ބުނެފައެވެ.

އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ އާންމު މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވިކަމަށެވެ. އަދި ނަޝީދުގެ އިރުޝާދާ އެއްގޮތަށް ޑިފެންސް މިނިސްޓަރާ އެ މައުލޫމާތު ހިއްސާކުރެއްވުމަށް ހަމަ އެރޭ މާރިޔާއަށް ގުޅުއްވިކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އެ މައުލޫމާތު މާރިޔާ އާ ހިއްސާކުރެއްވި ނަމަވެސް އެ މައުލޫމާތު މާރިޔާ އެހެން ފަރާތަކާ ހިއްސާކުރައްވާފައެއް ނުވެއެވެ.

އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރެއްވުމަށް އިލްޔާސް އަރިހު ދެންނެވިކަމަށް މާރިޔާ ވިދާޅުވިއަސް އެގޮތަށް ނާންގަވާކަމަށް އިލްޔާސް ވަނީ އިންކުއަރީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ކޮމިޓީން ގަބޫލުކުރާގޮތުގައި އެ މައުލޫމާތަކީ ޑިފެންސް މިނިސްޓަރުގެ އިތުރުން އިލްޔާސް ވެސް ފުލުހުންނާ ހިއްސާކުރަން ޖެހިވަޑައިގަންނަވާނެ މައުލޫމާތެއް ކަމަށް ދެކޭކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްއަށް ބަދަލުކޮށްފައިވަނިކޮށް މިފަދަ މައުލޫމާތެއް ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން އެ މައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ އިންކުއަރީއަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއްކަމަށް ދެކޭކަމަށް އިންކުއަރީން ވަނީ ފާހަގަކޮށްފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނުގައި ބުނާ ގޮތަށް ޓެރަރިޒަމްގެ އަމަލަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ދޭންވާ ފަރާތަކަށް ނުދީ އޮއްވައި އެފަދަ ކަމެއް ހިނގައި މީހަކު މަރުވެއްޖެ ނަމަ އިހުމާލުވި ފަރާތެއް 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެއެވެ. އަދި މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ. މީގެ އިތުރުން މުދަލަށް ލިބޭ ގެއްލުމަށް ބަލައި 100،000 ރުފިޔާ އާއި 500،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާކުރުމާއި އެހެން ހާލަތްތަކުގައި ގިނަވެގެން ހަ މަހަށް ޖަލަށް ލުމަކީ ވެސް ކަނޑައަޅާފައިވާ އަދަބުތަކެވެ.

ރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު