Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ ކޯޅުން

ރައީސް މިވަގުތު އިސްކަންދެއްވަނީ ވައުދުތައް ފުއްދެވުމަށް: ތަރުޖަމާނު

14 ޖުލައި 2021 | ބުދަ 07:19

އިދިކޮޅާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖުލައި 2021 | ބުދަ 07:19
ރައްޔިތުންގެ މަޖިލީހުގައި ރައީސް ޞާލިހު ރިޔާސީ ބަޔާންއިއްވަމުން ދިޔައިރު، ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

ރައްޔިތުންގެ މަޖިލީހުގައި ރައީސް ޞާލިހު ރިޔާސީ ބަޔާންއިއްވަމުން ދިޔައިރު، ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިވަގުތު އިސްކަން ދެއްވަނީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ ރައީސް މިވަގުތު ފޯކަސް ކުރައްވަނީ ވައުދުތައް ފުއްދެވުމަށް އެކަނި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ދޭހަވާ ބީދައަކުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީީ އެމަނިކުފާނުގެ މި ޚިޔާލުފުޅު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާ ވެސް ހިއްސާ ކުރައްވަމުންނެެވެ. ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ. އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ދައުރުވަމުންދާ މެސެޖުތަކެއްގައި ވެސް އެ ހިިޔާލު ފާޅު ކުރައްވާފައިވާއިރު، ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ނަޝީދު މިހާރު ނުގެންގުޅުއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި މެސެޖުތަކުގައި ރައީސްއަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައިވާއިރު، މިހާރު ވިސްނުންފުޅު ހުރީ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށްކަން ދައުރުވަމުންދާ މެސެޖުތަކުން ހާމަވެއެވެ.

އެ މެސެޖުތަކުގައި ވަނީ ރައީސް ނަޝީދު ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި ވާހަކަތަކެކެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަކީ އެމަނިކުފާނުގެ ދަރިންގެ "އިބޫ ދޮންބެ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިކުރީ ގޮތުން ރައީސް ޞާލިޙާއި، އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އާލާވަމުންދާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ފިކުރެއްކަމަށް ވިިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާނަމަ އެފަރާތްތަކުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް، ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ބޭފުޅަކާއެކު ރައީސް ނަޝީދު ސިޔާސީ މަސައްކަތް ކުރައްވާނެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު ވެސް އުފައްދަމުންނެވެ.

އެމްޑީޕީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ނަޝީދު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް