Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ މަޝްރަހު

ތުރުކިމިނިސްތާނުން އަފްޣާނިސްތާނާ ގުޅޭ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

14 ޖުލައި 2021 | ބުދަ 01:50

އަފްޣާނިސްތާނާ އިންވެގެން އޮންނަ ގައުމުތަކުން އެގައުމާ ގުޅޭ ބޯޑަރުގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ އަފްޣާނުން އެމެރިކާ ސިފައިން ފައިބަމުންދާ ދަނޑިވަޅުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖުލައި 2021 | ބުދަ 01:50
ތުރުކިމިނިސްތާނުގެ ސިފައިން، އެގައުމުގެ ސިފައިން ވަނީ އަފްޣާނާ ގުޅޭ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި

ތުރުކިމިނިސްތާނުގެ ސިފައިން، އެގައުމުގެ ސިފައިން ވަނީ އަފްޣާނާ ގުޅޭ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި

ތުރުކިމިނިސްތާނުން އަފްޣާނިސްތާނާ ގުޅޭ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތުރުކިމިނިސްތާނުން އަފްޣާނިސްތާނާ ގުޅޭ ބޯޑަރުގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެ ސަރަހައްދަށް އެ ގައުމުގެ ސިފައިންގެ ފައުޖެއް ވަނީ ފޮނުވާފައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ސިފައިން ކަމެއް މިހާތަނަށް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ތުރުކިމިނިސްތާނުން އަފްޣާނިސްތާނާ ގުޅޭ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ އަފްޣާނިސްތާނުގެ ސަރުކާރުން، އެގައުމުގައި ހިނގާ ހަމަނުޖެހުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށް ނުކުރާނެ ކަމަށް ބުނެފައިވަނިކޮށެވެ. މީގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާން ޖަމާއަތުން ވެސް ވަނީ އެ ގައުމުގައި ހިނގާ ހަމަނުޖެހުމުގެ އަސަރު އިތުރު ގައުމަކަށް ނުކުރާނެ ކަމަށް ބުނެފައެވެ.

ތުރުކިމިނިސްތާނުގެ އިތުރުން ތަޖަކިސްތާނުން ވެސް ވަނީ އަފްޣާނިސްތާނާ ގުޅޭ ބޯޑަރުގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ތަޖަކިސްތާނުން ވަނީ 5000ށްވުރެ ގިނަ ސިފައިން ބޯޑަރު ސަރަހައްދު ބެލެހެއްޓުމަށް ފޮނުވާފައެވެ.

އަފްޣާނިސްތާނާ އިންވެގެން އޮންނަ ގައުމުތަކުން އެގައުމާ ގުޅޭ ބޯޑަރުގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ އަފްޣާނުން އެމެރިކާ ސިފައިން ފައިބަމުންދާ ދަނޑިވަޅުގައެވެ.

ތުރުކިމިނިސްތާންއަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް