Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރިނބީ ކައުންސިލް އިންތިހާބު

ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް

16 މެއި 2017 | އަންގާރަ 11:19

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ގުނި އިރު އިިންތިހާބު ކާމިޔާބު ކުރި ތިން ވަނަ ކެންޑިޑޭޓަކީ ޝާފީ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 16 މެއި 2017 | އަންގާރަ 11:19
ކުރިނބީ ވޯޓު ފޮށީގެ ނަތީޖާ އާއި ގުޅިގެން ޕީޕީއެމް މެންބަރުން ހިންހަމަނުޖެހުން ފާޅު ކުރަނީ

ކުރިނބީ ވޯޓު ފޮށީގެ ނަތީޖާ އާއި ގުޅިގެން ޕީޕީއެމް މެންބަރުން ހިންހަމަނުޖެހުން ފާޅު ކުރަނީ

ހދ. ކުރިނބީ ވޯޓު ފޮށި ތިން ވަނަ ފަހަރަށް ގުނާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ކުރިނބީ ފޮށި މާލޭގައި ގުނާފައި ވަނީ ދެ ފަހަރު ކަމަށާއި ވޯޓު ފޮށި ގުނުމަށް އިތުރު ހާލަތެއް ދިމާވެއްޖެ ނަމަ ގުނަން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ، ކުރިނބީ ވޯޓު ފޮށި ގުނުމުގެ މަސައްކަތް ކުރީ އަމިއްލަ ފަރާތަކާއި އެމްޑީޕީގެ ކެންޑިޑޭޓަކު ކުރި ޝަކުވާއަކާ ގުޅިގެން ކަމަށާއި، އެއީ ވޯޓު ގުނުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މާލޭގައި ކުރިނބީ ވޯޓު ފޮށި ގުނާފައިވަނީ، މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިނބީ ވޯޓު ފޮށި، މާލޭގައި ގުނި އިރު ނަތީޖާއާ މެދު ހިންހަމަނުޖެހިގެން ޕީޕީއެމްގެ މެންބަރުންތަކެއް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒު، ބާޖަމާލުއްދީންގެ އިމާރަތަށް ވަދެ އަޑުގަދަކޮށްފައި ވެއެވެ. އަދި ފުލުހުން ވަނީ އެ ހަމަނުޖެހުން ހުއްޓުވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުންއެންމެ ފުރަތަމަ ނިންމީ ކުރިނބީ ކައުންސިލްގެ ނަތީޖާ އެއްވަރުވި ކަމަށ ބަލައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ކުރިނބީގެ ނަތީޖާ ސާފުކުރުމަށް ބޭނުންވާ ސެކިއުރިޓީ އުރަތައް ކަނޑައި އަލުން ބަލާފައެވެ.

އަލުން ކުރިނބީ ފޮށި ގުނިއިރު އެއް ވޯޓުގެ ތަފާތަކުން ކުރި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އަށެވެ. އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަފްރާހަށް ވެސް ކުރިނބީ ފޮށިން އިތުރަށް އެއްވޯޓު ލިބިފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ އަލުން ގުނާ ނެރުނު ނަތީޖާ ޝީޓުން ދައްކައެވެ. އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް