Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން ޖަލަށް ބަދަލުކުރުން

އީދު ބަންދަށްފަހު ރައީސް ޔާމީން ޖަލަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފަށާނެ - ކަރެކްޝަން

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 12 ޖުލައި 2021 | ހޯމަ 14:11
ރައީސް ޔާމީން - ކޮވިޑާއި ގުޅިގެން އެމަނިކުފާނު ހުންނެވީ ގެކޮޅަށް ބަދަލުކުރައްވާފައި

ރައީސް ޔާމީން - ކޮވިޑާއި ގުޅިގެން އެމަނިކުފާނު ހުންނެވީ ގެކޮޅަށް ބަދަލުކުރައްވާފައި

މާފުށީ ޖަލުގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، ގެއަށް ބަދަލުކުރި ހައި ރިސްކު ގައިދީން ހިމެނޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، އީދު ބަންދަަށްފަހު އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑް-19ށް ޕޮޒިޓިވްވެ ޖަލުގައި ކޭސްތައް ފެތުރެން ފެށުމާއި ގުޅިގެން ޖަލުގައި ތިބި ހައިރިސްކު މީހުން ގެއަށް ބަދަލުކުރީ މީގެ ދެމަސްކުރިންނެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވައެވެ. ހައިރިސްކް ގައިދީން ގެޔަށް ބަދަލުކުރީ ޖަލުގެ ހާލަތު އާންމު ހާލަތަށް އަންނަންދެން ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރާއްޖެއެމްވީ އަށް ވިދާޅުވީ ޖަލުގެ ހާލަތު ރަނގަޅު ކަމަށެވެ. އެގޮތުން މިހާރު އެއްވެސް އެކްޓިވް ކޭސްއެއް ނެތް ކަމަށާއި، ކަރަންޓީންގައި އަދިވެސް ހަ މީހަކު އެބަތިބި ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އާންމު ހާލަތަކަށް ޖަލު ގެނައުމުގެ ކުރިން ރެންޑަމް ސާމްޕަލް ވެސް ނަގާނެ ކަމަށެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ، ޖަލުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ގެއަށް ބަދަލުކުރި ހައި ރިސްކު ގައިދީން އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އީދު ބަންދު އޮތް އިރު ބަންދަށް ފަހު އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ހައި ރިސްކު ގައިދީންގެ ތެރޭގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާތީ އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ރާއްޖެއެމްވީ އަށް ވިދާޅުވީ އެކަމުގައި ގޮތް ނިންމަވާނީ ކަރެކްޝަނުން ކަމަށެވެ. ވަކި ބޭފުޅަކަށް ވަކި އެއްވެސް ލުޔެއް ދޭން ސަރުކާރުން މަޝްވަރާ ވެސް ނުކުރާ ކަމަށާއި އެކަހަލަ ވިސްނުމެއް ވެސް ނެތް ކަމަށެވެ.

ހައި ރިސްކު ގައިދީންގެ ތެރޭގައި ހިމެނިވަޑައިގެން ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނު ގޭގައި ހުންނަވައި ސިޔާސީ ހަރަކާތް ހިންގާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލުމަށް ވަނީ ތައްޔާރުވެފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމާފުށި

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު