Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

53 އަހަރަށްފަހު ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީއަށް

އިޓަލީން މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރީ 1968 ވަނަ އަހަރު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 22:20
ުޔޫރޯ 2020 ގެ ޓްރޮފީއާއެކު އިޓަލީގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ުޔޫރޯ 2020 ގެ ޓްރޮފީއާއެކު އިޓަލީގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޯ 2020 ގެ ފައިނަލް މެޗުގައި އިންގްލެންޑް ބަލިކޮށް އިޓަލީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު އިޓަލީން ކާމިޔާބުކުރީ ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުންނެވެ. މިއީ 1968 ވަނަ އަހަރަށްފަހު އިޓަލީން ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކިއެރަން ޓްރިޕިއާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލޫކް ޝޯއެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 34 ވަނަ މިނެޓުގައި އިޓަލީގެ ފެޑެރީކޯ ކިއޭސާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިޓަލީން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެ ޓީމުގެ ކިއޭސާ އާއި، ލޮރެންޒޯ އިންސީނިއޭއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލެއޮނާޑޯ ބޮނޫޗީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އިޓަލީން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އިންގްލެންޑްގެ މާކަސް ރަޝްފޯޑާއި، ޖޭޑަން ސަންޗޯ އަދި ބުކަޔޯ ސަކާ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އަދި އިޓަލީގެ އަންދްރެއާ ބެލޮއްޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީތައް އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީގައި އިންގްލެންޑް ބަލިކޮށް އިޓަލީން ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން ވަނީ ޔޫރޯގެ ރިކޯޑެއްވެސް ހަދާފައެވެ. އެގޮތުން އިޓަލީއަކީ ޕެނަލްޓީ ޖަހައިގެން ޖެހިޖެހި ޖެހިގެން ޔޫރޯގެ ދެ މެޗު ކާމިޔާބުކުރި ފުރަތަމަ ޓީމެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު