Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއަރޕޯޓް ފީ ނެގުން

އިކޮނޮމީ ކުލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީއަކީ ކުރިން ވެސް ނަގަމުން އައި ފީއެއް، އެއަށް ބަދަލެއް ނުގެންނަން – އަމީރު

މިހާރުވެސް ނަގަމުން އަންނަ ފީ އަކީ މީގެ ކުރިން ވެސް ނަގަމުން އައި ފީއެއް، އެއަށް ބަދަލެއް ނާންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖުލައި 2021 | ހޯމަ 08:14
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިން އެމިރޭޓްސްގެ ފުލައިޓަކުން ފައިބައިގެން އަންނަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިން އެމިރޭޓްސްގެ ފުލައިޓަކުން ފައިބައިގެން އަންނަނީ

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ޤާނޫނުގެ ދަށުން އިކޮނޮމީ ކުލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީއަށް އިތުރު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގުކުރެއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަރާތްތަކުގެ ތެރެއިން އިކޮނޮމިކް ކުލާހުން ފުރާ މީހުންގެ އަތުން މިހާރު ވެސް 24 ޑޮލަރު ނަގާނެ ކަމަށެވެ. އަދި އަލަން އަމަލުކުރަން ފެށި އިސްލާހާއެކު އިކޮނޮމީ ކުލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި މިހާރު ނަގަމުންދާ ރޭޓްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ގޮތަށް ބަލާލާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ކުރިން ވެސް ނަގަމުން އައި 12 ޑޮލަރު އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އިކޮނޮމީ ކުލާހުން ފުރާ ދިވެހިންގެ އަތުން ކުރިން ނަގަމުން އައި 12 ޑޮލަރަށް ބަދަލެއް ނުގެނެސް ނެގޭނެއެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފީ ވަނީ 25 ޑޮލަރުން 30 ޑޮލަރަށް ބަދަލުކޮށްފައެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގާ އަދަދު ވަނީ 25 ޑޮލަރުން 30 ޑޮލަރަށް ބޮޑުކޮށްފައެވެ.

މީގެ އިތުރުން ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީ މަހުން ފެށިގެން ނަގާނީ 60 ޑޮލަރެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީ 2022ން ފެށިގެން ނަގާނީ 60 ޑޮލަރެވެ. އަދި ބޭރުގެ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ކުލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ 25 ޑޮލަރު، ޖެނުއަރީ 2022ން ފެށިގެން 60 ޑޮލަރަށް ބޮޑުވާ އިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 25 ޑޮލަރުގެ ބަދަލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނަގާނީ 60 ޑޮލަރެވެ.

ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަމުން އައި 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީން ފެށިގެން ނަގާނީ 90 ޑޮލަރެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީ 2022ން ފެށިގެން ނަގާނީ 90 ޑޮލަރެވެ. އަދި ބޭރުގެ ފަރާތްތަކުގެ ތެރެއިން ފަސްޓް ކުލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ 25 ޑޮލަރު، ޖެނުއަރީ 2022ން ފެށިގެން 90 ޑޮލަރަށް ބޮޑުވާ އިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 25 ޑޮލަރުގެ ބަދަލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނަގާނީ 90 ޑޮލަރެވެ.

ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީން ފެށިގެން ނަގާނީ 120 ޑޮލަރެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 12 ޑޮލަރުގެ ބަދަލުގައި ޖެނުއަރީ 2022ން ފެށިގެން ނަގާނީ 120 ޑޮލަރެވެ. އަދި ބޭރުގެ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ކުލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގަމުން އައި އެއަރޕޯޓް ސަރވިސް ޗާޖުގެ 25 ޑޮލަރު، ޖެނުއަރީ 2022ން ފެށިގެން 120 ޑޮލަރަށް ބޮޑުވާ އިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުން އައި 25 ޑޮލަރުގެ ބަދަލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނަގާނީ 120 ޑޮލަރެވެ.

މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ވެސް މި ބިލަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ ޢަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ ޢަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުއެއަރޕޯޓްރައްޔިތުންގެ މަޖިލިސްމަޖިލިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު