Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުން

51 އަހަރަށް ފަހު ރެވެނިއު ސްޓޭމްޕް ޖެހުން ނިމުމަކަށް

12 ޖުލައި 2021 | ހޯމަ 10:38

ރެވެނިއު ސްޓޭމްޕް ޖެހުމަށް ނިންމާފައިވަނީ އިބްރާހީމް ނާސިރުގެ ވެރިކަމުގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖުލައި 2021 | ހޯމަ 10:38
1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިވަނީ އުވިގެން ގޮސްފައި

1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިވަނީ އުވިގެން ގޮސްފައި

1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ "ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަސްދީގުކުރައްވާފައެވެ. މި ގާނޫނު އުފެދިގެން އައިގޮތަށް ބަލާއިރު ރެވެނިއު ސްޓޭމްޕް ޖެހުމަށް ނިންމާފައިވަނީ އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ.

މިކަން މި އުސޫލުން ކުރަން އޭރު ނިންމާފައިވަނީ އާމްދަނީއާ ގުޅުންހުރި ކަންކަން މަރުކަޒީ ސިފައެއްގައި ކުރުމަށެވެ. އެ ދުވަސްވަރު އާމްދަނީއާ ގުޅުން ހުރި ކަންކަން ކުރަމުންދިޔައީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންނެވެ. ލައިސަންސް ކާޑާއި، ކައިވެނީގެ ސެޓްފިކެޓްގެ އިތުރުން އެހެނިހެން ލިޔެކިޔުންތަކުން ފީއެއްގެ އިތުރުން ރެވެނިއު ސްޓޭމްޕް އައީ ނަގަމުންނެވެ.

ނަމަވެސް ޒަމާން ބަދަލުވެ މިހާރު އެ ގާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫނެވެ. ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އައި އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫން ވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެކެވެ.

އަދި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެނިހެން ފައިސާގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަންޖެހުމުގެ ސަބަބުން އެފަރާތްތަކަށް އިތުރު ދަތިތަކާ ދަނީ ކުރިމަތި ވަމުންނެވެ.

މި ނިޒާމު އުވާލުމަށް ނިންމާފައިވާ ސަބަބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ފަސޭހަކަމާއެކު ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަކީ ސަރުކާރުގެ އެއް ބޭނުމެވެ. މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ ގާނޫނު ހުށަހެޅި މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިންގ ބިޒްނަސް" ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށް ވުމުން ކަމަށެވެ.

އަދި ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ، އެހެނިހެން އާލާތްތައް ތައާރަފްވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަކީ އެންމެ އެދެވޭ ގޮތް ކަމުގައެވެ.

ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ސްޓޭމްޕް ވިއްކައިގެން 2019 ވަނަ އަހަރު ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2020 ވަނަ އަހަރު އެ އަދަދު 3.9 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. އަދި މިއަހަރު 3.7 މިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

މީގެ އިތުރުން ސްޓޭމްޕް ޕްރިންޓުކުރަން 547،228 ރުފިޔާ ހޭދަވެފައިވާއިރު މިވަގުތު ޕްރިންޓްކޮށްފައިވާ ސްޓޭމްޕްގެ އަދަދުތައް ވެސް ގާނޫނުގައި ހިމަނާފައިވެއެވެ. މިވަގުތަށް ބަލާއިރު އެންމެ ގިނައިން ޕްރިންކޮށްފައި ވަނީ 100 ރުފިޔާގެ 111،641 ސްޓޭމްޕާއި އެންމެ ގިނައިން ބޭނުންވާ 10 ރުފިޔާގެ ގެ 92،652 ސްޓޭމްޕެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް