Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން

ކޮންސްޓްރަކްޝަން އެޖެންޓުންނަށް ބޭނުން ސަރަހައްދަކަށް މުދާ ވިއްކޭނެ - އެސްްޓީއޯ

20 ޖުލައި 2021 | އަންގާރަ 08:12

އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖުލައި 2021 | އަންގާރަ 08:12
އެސްޓީއޯ ކޮންސްޓްރަކްޝަން

އެސްޓީއޯ ކޮންސްޓްރަކްޝަން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް މިިހާރު ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ކޮންސްޓްރަކްޝަން އެޖެންޓުން ކަނޑައަޅައި ވަކިވަކި ސަރަހައްދުތަކަށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކުމުގެ ފުރުސަތު ދިނުމުން އެކަމަށް އޮތް ޑިމާންޑު އިތުރުވެ، އެޖެންޓުންގެ އެދުމުގެ މަތިން އެކުންފުުނިން ވަނީ އެޖެންޓުންނަށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ ކޮންމެ ހިސާބަކަށް ވިއްކޭނެ ގޮތަށް ބަދަލުގެނެސްފައެވެ. މިބަދަލާއެކު އެކުންފުނިން ވަނީ ކޮންމެ އަތޮޅަކުން 2 އެޖެންޓުން ކަނޑައެޅުމުގެ ބަދަލުގައި އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައެވެ.

އެސްޓީއޯ އިން ބުނީ މިގޮތަށް ހުޅުވާލާފައި މިވަނީ އެ ކުންފުންޏަކީ ހުރިހާ ދިވެހިންގެ ކުންފުންޏަށް ވެފައި، އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާ ފަރާތަކަށް އެފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓަކަށް ވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް މިހާރު އެބައޮތް ކަމަށް އެސްޓީއޯ އިން ފާހަގަކުރެއެވެ.

މިގޮތަށް އެޖެންޓުން ކަނޑައެޅުމުގެ މަގުސަދަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެސްޓީއޯގެ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެންމެ ހެޔޮ އަގުގައި ފަސޭހައިން ލިބެން ހުންނާނެހެން ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެޖެންޓުންގެ އެހީއާއެކު އަތޮޅުތެރޭގައި ރަށްރަށުގައި އިމާރާތްކުރުމުގެ ސާމާނު ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ކުންފުނިން ފާހަގަކުރެއެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓަކަށް ވުމަށް މާގިނަ ލިޔުންތަކެއް ހުށަހަޅާކަށް ނުޖެހެއެވެ. އެގޮތުން އެޖެންޓަކަށް ވުމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ވިޔަފާރި ރަޖިސްޓްރޭޝަން، ޖީއެސްޓީ ރަޖިސްޓްރޭޝަން ފަދަ ކޮންމެހެން ބޭނުންވާ މުހިންމު ލިޔުންތަކެވެ. އޭގެ އިތުރުން އެޖެންޓުން ވިއްކަން ގަސްތުކުރާ އަގުތައް އެސްޓީއޯއަށް ހުށަހަޅަންޖެހެއެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
19 ޑިސެމްބަރު 2022

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

19 ޑިސެމްބަރު 2022
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
13 ސެޕްޓެމްބަރު 2022

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
04 ޖުލައި 2022

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

04 ޖުލައި 2022
ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް