Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢައްބާސް ފާއިޒު

ރައީސްގެ ޚާއްސަ މަންދޫބު ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

10 ޖުލައި 2021 | ހޮނިހިރު 17:39

ރައީސްގެ ޚާއްސަ މަންދޫބާއި ޑިފެންސް މިނިސްޓަރުގެ މިބައްދަލުވުމުގެ ތަފްސީލެއް ހާމަކޮށްފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖުލައި 2021 | ހޮނިހިރު 17:39
ރައީސްގެ ޚާއްސަ މަންދޫބު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުން

ރައީސްގެ ޚާއްސަ މަންދޫބު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު، ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި ޚާއްސަ މަންދޫބު ޢައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށް ގެންދިޔަ 241 ކޮމިޓީގެ ރިޕޯޓްގައި މިނިސްޓަރުގެ އިހުމާލުވުންތަކެއް ވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ރައީސްގެ ޚާއްސަ މަންދޫބާއި ޑިފެންސް މިނިސްޓަރުގެ މިބައްދަލުވުމުގެ ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

Advertisement - newsAdvertisement

ރައީސްގެ ޚާއްސަ މަންދޫބު ޢައްބާސް ފާއިޒް، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާވެސް ވަނީ މީގެކުރިން ބައްދަލުކުރައްވާފައެވެ. މި ތަޙްޤީޤުގެ ކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމަށް ޢައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ޢައްބާސް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ 241 ކޮމެޓީގެ މެންބަރުންނާވެސް އޭނާވަނީ ވަރޗުއަލްކޮށް ބައްދަލުކުރައްވައި، ތަހުގީގުގެ ކަންކަން ކުރިއަށްދާގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި، އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެގޮތުން ޢައްބާސް ފާއިޒް އައްޔަނުކުރައްވާފައިވަނީ މެއިމަހުގެ 19 ވަނަ ދުވަހުއެވެ.

241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް މިހާރު އާންމުކޮށްފައިވާއިރު ރިޕޯޓުން ހާމަވާގޮތުގައި ހަމަލާގެ މައުލޫމާތު ލިބިވަޑައިގެންނެވިނަމަވެސް އެކަމަށް ފިޔަވަޅު އަޅާފައެއްނުވެއެވެ. އިންކުއަރީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ފޯނުން ގުޅުއްވައި، ރައީސް ނަޝީދަށް ހަމަލާދިނުމަށް ބަޔަކު އުޅޭކަމުގެ ދެއްވިކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރެއްވީ އެއީ ފޯނު ކޯލެއްވީމާކަމަށެވެ. އަދި އެއީ މައުލޫމާތެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް