Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯގެ ނަތީޖާ ލަފާކުރާ މިއަރކެޓްތަކެއް

ލަންޑަނުގެ ޒުލެއްގައި ގެންގުޅޭ މިއަރކެޓްތައް ލަފާކުރަނީ އިންގްލެންޑް މޮޅުވާނެކަމަށް

މިފަހަރުގެ ޔޫރޯގައި ޖަރުމަނު ކުޅުނު މެޗުތަކުގެ ނަތީޖާ ލަފާކުރުމަށް އެތެއް ވަނީ ބޭނުންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖުލައި 2021 | ހޮނިހިރު 05:04
ނަތީޖާ ލަފާކުރުމަށް ބޭނުންކުރި މިއަރކެޓްތައް

ނަތީޖާ ލަފާކުރުމަށް ބޭނުންކުރި މިއަރކެޓްތައް

ކުރިޔަށް އޮތީ މިއަހަރު ބާއްވާ ޔޫރޯގެ ފައިނަލް މެޗެވެ. އާދިއްތަ ދުވަހު ފައިނަލް މެޗްގައި ވާދަކުރަނީ އިނގިރޭސިންނާއި އިޓަލީއެވެ. އެތައް ބަޔަކު ރޮއްވާލުމަށްފަހު އަދި ހެއްވާލުމަށްފަހު މިދެޓީމު ފައިނަލުން ޖާގަ ހޯދާފައިވާއިރު ފައިނަލް މެޗުގެ ނަތީޖާ ދިމާކުރުމުގައި ހޭބޯ ނާރާ ބަޔަކު އެބައުޅެއެވެ. ނަތީޖާ ދިމާކޮށްގެން ފައިސާ ލިބޭ އެތައް ގޮތްތަކެއް އޮންނައިރު ނަތީޖާ ލަފާކުރުމުގެ އެކި ގޮތްގޮތް އަންނަނީ ބޭނުންކުރަމުންނެވެ.

އެގޮތުން ފައިނަލް މެޗާ ދިމާކޮށް މިފަހަރު މިވަނީ ލަންޑަންގެ ޒުލެއްގައި ގެންގުޅޭ މިއަރކެޓްތަކެއް ބޭނުންކޮށްގެން މެޗްގެ ނަތީޖާ ލަފާކޮށްފައެވެ. ޒޫ ބަލަހައްޓާ މީހާ ކުރިކަމަކީ މިއަރކެޓްތައް ކައިރީގައި ބިންމަތީގައި ކުޑަވަޅުގަނޑެއް ކޮނުމަށްފަހު އިންގްލެންޑް ދިދަޔާއި އިޓަލީ ދިދަ ޖެހީއެވެ. ގާތްގަނޑަކަށްފަހު ފަސް މިނެޓް ތެރޭގައި މިއަރކެޓްތައް ވަނީ އިންގްލެންޑް ދިދަ ބިންމައްޗަށް ވައްޓާލާފައެވެ.

މިފަހަރުގެ ޔޫރޯގައި މީގެކުރިން ޖަރުމަނުގެ ޒުލެއްގައި ވަނީ އެތެއް ބޭނުންކޮށްގެން ޖަރުމަނު ކުޅުނު މެޗްތައް ނަތީޖާ ލަފާކޮށްފައެވެ. އުމުރުން 42 އަހަރުގެ މިއެތަކީ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ހަމްބާގުގައި ހުންނަ ޓިއާޕާކް ހާގެންބެކް ޒުލުގައި ގެންގުޅޭ އެތެކެވެ. މިއެތް ވަނީ ޖަރުމަނު ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗްތަކެއްގެ ނަތީޖާ ސީދާކޮށްފައެވެ. އެގޮތުން ޔޫރޯގައި އެންމެ ފުރަތަމަ ޖަރުމަނުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗްގައި ފްރާންސް އަތުން ބަލިވާނެކަމަށް އެތް ވަނީ ބުނެފައެވެ. އަދި ޕޯރޗުގަލް ކައިރިން މޮޅުވާނެކަމަށާއި ހަންގޭރީ މެޗުން އެއްވަރުވާނެ ކަމަށް އެތް ވަނީ ބުނެފައެވެ.

ޔޫރޯގައި ކުޅޭ މެޗުތަކުގެ ނަތީޖާ ލަފާކުރަން މި އެތް ބޭނުންކުރިއިރު މެޗުން މޮޅުވާ ގައުމެއް ޔަޝޯދާ ކަނޑައެޅީ އެ ގައުމެއްގެ ދިދަ ވިހުރުވާލައިގެންނެވެ. އެގޮތުން މެޗުގައި ވާދަކުރާ ދެ ގައުމުގެ ދިދަތައް ފޮއްޓެއްގެ ތެރޭގައި ބަހައްޓާއިރު، އެ ފޮށިން ޔަޝޯދާ ނަގާނީ އެ މެޗުން މޮޅުވާނެ ކަމަށް ލަފާކުރާ ގައުމުގެ ދިދައެވެ. އަދި ދެ ގައުމުގެ ދިދަ ޔަޝޯދާ ނަގައިފިނަމަ، އެ މެޗު އެއްވަރުވާނެ ކަމަށްވެސް ޝްމިޓް ވަނީ ބުނެފައެވެ.

އެހެންނަމަވެސް ރައުންޑް އޮފް 16ގައި ޖަރުމަނު އިނގިރޭސިންނާ ވާދަކުރި މެޗްގައި ޖަރުމަނު މޮޅުވާނެކަމަށް ޔަޝޯދާ ލަފާކުރިކުރުން ސީދާވެފައިނުވެއެވެ.

ބޮޑެތި ފުޓް ބޯޅަ މުބާރާތްތަކުގެ މިގޮތަށް ޖަނަވާރުން ބޭނުންކޮށްގެން އަންނަނީ މެޗްތަކުގެ ނަތީޖާ ކުރީބައިގައި ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތަށް ބައެއް ފަހަރު މެޗްތަކުގެ ނަތީޖާ ދިމާކޮށްފައި ހުރިނަމަވެސް އަނެއް ބައި ފަހަރު ދިމާވެފައެއް ނުހުރެއެވެ.

2010 ވަނަ އަހަރު ބޭއްވި ވޯރލްޑް ކަޕްގައި ޕައުލް ކިޔާ ބޯވައެއް ވަނީ އެފަހަރުގެ މުބާރާތުގައި ޖަރުމަނު ކުޅުނު 7 މެޗްގެ ނަތީޖާވެސް ދިމާކޮށްފައެވެ. އެފަހަރުގެ މުބާރާތުގައި ސެމީފައިނަލްގައި ސްޕެއިން އާއި ޖަރުމަނު ކުޅުނު މެޗްގައި ސްޕެއިން މޮޅުވާނެކަމަށް ޕައުލް ވަނީ ބުނެފައެވެ. ޕައުލް ބުނ ނަތީޖާ ދިމާވުމުން ޖަރުމަނުގެ ސަޕޯޓަރުން ރުޅިއައިސްގެން އެމެޗަށްފަހު ޕައުލް މަރާލުމަށްވެސް ވަނީ ގޮވާލާފައެވެ. އެއާއެކު ސްޕެއިންގެ ބޮޑުވަޒީރު ވަނީ ޕައުލް އަށް ޚާއްސަ ހިމާޔަތެއްވެސް ދީފައެވެ.

ކޮންމެއަކަސް ކުރިޔަށް މިއޮތް ފޯރިގަދަ ފައިނަލް މެޗް ކުޅެންވާއިރަށް އަދިވެސް މިފަދަ ތަފާތުކަންކަން ފެންނާނެކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2025

ފިރުއައުނު ޖާރީއާ އިން ގެންގުޅޭ 13 ނަންބަރު ކޮޓަރި!

12 ސެޕްޓެމްބަރު 2025
ފިރުއައުނު ޖާރީއާ އިން ގެންގުޅޭ 13 ނަންބަރު ކޮޓަރި!
24 މާރިޗު 2025

ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް، އެއީ ސިފައިންނާ ފުލުހުންގެ ކޮންޓްރޯލް ނެގުމަށް ގެންގުޅޭ އުކުޅެއްތަ؟

24 މާރިޗު 2025
ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް، އެއީ ސިފައިންނާ ފުލުހުންގެ ކޮންޓްރޯލް ނެގުމަށް ގެންގުޅޭ އުކުޅެއްތަ؟
10 ޖެނުއަރީ 2022

ދެ އަހަރުވީއިރުވެސް ކޮވިޑާއި ގުޅިގެން ގެންގުޅޭ ސިޔާސަތު ސާފެއްނުވޭ!

10 ޖެނުއަރީ 2022
ދެ އަހަރުވީއިރުވެސް ކޮވިޑާއި ގުޅިގެން ގެންގުޅޭ ސިޔާސަތު ސާފެއްނުވޭ!
30 ޖުލައި 2018

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު