Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތުގެ ބިލްގެ މައްސަލަ

ނަފުރަތުގެ ބިލާއެކު ހިސާން މަރަން ގޮވިއިރުވެސް އޭޖީ ނޫނީ އެހެން އެއްވެސް ބޭފުޅަކު ހިސާން ދިފާއުކޮށެއް ނުދެއްވާ: އީވާ

8 ޖުލައި 2021 | ބުރާސްފަތި 10:57

މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބިލަށް ކޮމިޓީން ގެނައި އިސްލާހަށް އަނެއްކާވެސް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2021 | ބުރާސްފަތި 10:57
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ބިލް ހުށަހެޅުއްވުމާއެކު ހިސާން އަށް ކުރިމަތިވެވަޑައިގެންނެވި ނުރައްކަލާ ގުޅިގެން ސަރުކާރުގެ ފަރާތުން އެޓަރނީ ޖެނެރަލް ފިޔަވައި އެހެން އެއްވެސް ބޭފުޅަކު އެކަމަނާ ދިފާއުނުކުރައްވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރަމުންދާއިރު މި ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ. މި ބިލް މަޖިލީހަށް ހުށަހަޅައިގެން ސަކަރާތެއްގެ ގޮތުގައި މިކަން ނަންގަވާކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މި ބިލަކީ ސާމާސާއެއް ވެސް ނޫންކަމަށާއި އަދި ސަކަރާތެއް ވެސް ނޫންކަމަށެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބިލަށް ކޮމިޓީން ގެނައި އިސްލާހަށް އަނެއްކާވެސް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންކަމަށެވެ. އީވާ އެ އިޝާރާތް ކުރައްވަނީ ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ މިބިލްގެ ކޮމިޓީ ރިޕޯޓަށް ހުށަހެޅުއްވި އިސްލާހަށެވެ. ޔައުގޫބް ހުށަހެޅުއްވި އިސްލާހުގައި ވަނީ ކުރިން ހިސާން ހުށަހެޅުއްވި އިސްލާހަށް އެއްކޮށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

އީވާ ވިދާޅުވީ ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހަޅުއްވާ މި ބިލްގެ މަހުފޫމް އެއްކޮށް ބަދަލުކުރެއްވީ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީން މި ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރުމުން ހާސިލްމިވީ އެންމެ ކަމެއްކަމަށް އީވާ ވިދާޅުވިއެވެ. އެއީ ހިސާން ނުރައްކަލާއި މަރުގެތުންފަތް މައްޗަށް ހުށަހެޅުންކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ހިތާމައަކީ ބަސްބުނާ މީހުންނަށް މިހެން ކަންތައްކުރާތީ ކަމަށާއި އަމިއްލަ ޕީޖީ ގްރޫޕްގެ ތެރެއިން މިކަން މިގޮތަށް ކުރާތީކަމަށެވެ. އަދި މިބިލް ރައްޔިތުންގެ މަޖިލީހަށް އައިސްފައިވަނީ އޭޖީން ރައީސް އޮފީހަށް ހުށަހެޅުމަށްފަހު ރައީސް އޮފީހުގެ މަޝްވަރާގެ މަތިންކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާކަމަށްވާނަމަ އެބިލް ހުށަހަޅާނީ އެމްޑީޕީ ޕީޖީ ގްރޫޕަށް ކަމަށާއި ބިލް މަޖިލީހަށް އަންނަނީ އޭގެފަހުން ކަމަށް އީވާ ވިދާޅުވިއެވެ.

މި ބިލް ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ބައެއް މެމްބަރުން ގޮވާލެއްވިއިރު އަނެއް ބައި މެމްބަރުން ވަނީ ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައްވާފައެވެ.

ނަފުރަތުގެ ބިލާމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު މި ބިލްގެ ކޮމިޓީ މަރުހަލާގައިވަނީ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދާ އެކަންކަމަަށް ރިއާޔަތްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2017

ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން

16 ޖޫން 2017
ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން
25 މެއި 2017

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

25 މެއި 2017
މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން
30 އެޕްރީލު 2017

ގާސިމްގެ ބަންދުގެ މުއްދަތު ޖެހީ އަނގަ ބަހުން އެދިގެން: ހިސާން

30 އެޕްރީލު 2017
ގާސިމްގެ ބަންދުގެ މުއްދަތު ޖެހީ އަނގަ ބަހުން އެދިގެން: ހިސާން
27 އެޕްރީލު 2017

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިމްތިޔާޒްގެ ގާނޫނާ ހިލާފަށް:ހިސާން

27 އެޕްރީލު 2017
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިމްތިޔާޒްގެ ގާނޫނާ ހިލާފަށް:ހިސާން
16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
07 އެޕްރީލު 2017

ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން

07 އެޕްރީލު 2017
ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން
07 އެޕްރީލު 2017

ހުރިހާ ތުހްމަތަކަށް ގާސިމް ވަނީ އިންކާރު ކުރައްވާފައި: ހިސާން

07 އެޕްރީލު 2017
ހުރިހާ ތުހްމަތަކަށް ގާސިމް ވަނީ އިންކާރު ކުރައްވާފައި: ހިސާން
03 އެޕްރީލު 2017

ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން

03 އެޕްރީލު 2017
ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން
03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް