ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 05:55
ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒު ކުރިމަތީގައި އިހްތިޖާޖުކުރަމުން ދިޔައިރު ފުލުހުން ޝީލްޑާއެކު
ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒު ކުރިމަތީގައި އިހްތިޖާޖުކުރަމުން ދިޔައިރު ފުލުހުން ޝީލްޑާއެކު
ރާއްޖެއެމްވީ
ގާސިމް ހައްޔަރުކުރުން
ހުރިހާ ތުހްމަތަކަށް ގާސިމް ވަނީ އިންކާރު ކުރައްވާފައި: ހިސާން
 
ގާސިމް ހައްޔަރުކުރީ ސިޔާސީ މަގުސަދުގައި
 
މުއްދަތު ޖެހުމަށް ހުކުރު ދުވަހު 3:00 އަށް ހާޒިރުކުރާނެ
 
ގާނޫނީ ވަކީލުންގެ ދެ ވަނަ ބައްދަލުވުން ހުކުރު ދުވަހު 9:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިމަތީގައި އޮތްވައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމްގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހްމަތުތަކަށް އޭނާ އިންކާރުކުރައްވާފައިވާ ކަމަށް، ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

 

ދޫނިދޫ އަށް ވަޑައިގެން ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ގާސިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

ގާސިމް ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް 2017 މާޗް 27 ވަނަ ދުވަހު ވޯޓު އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭތީ އާއި މި މަހުގެ 11 ވަނަ ދުވަހު ނެގުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހްމަތު ކުރެވޭތީ އާއި އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހްމަތު ކުރެވޭތީ އަދި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހްމަތު ކުރެވޭތީ އާއި މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތްކޮށްފާނެ ކަމަށް ފެންނާތީ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ހިސާން ވިދާޅުވީ، ގާސިމްގެ ގާނޫނީ ވަކީލުން އޭނާއާ ބައްދަލުކުރެއްވުމަށް ހުކުރު ދުވަހުގެ 9:00 އަށް ވެސް ފުރުސަތު ލިބިފައިވާ ކަމަށާއި ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ހުކުރު ދުވަހު 3:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ގާސިމާ ބައްދަލުކުރެއްވުމަށް ފުރުސަތު ދެއްވާފައިވަނީ ގާނޫނީ ވަކީލުންގެ ފަސް ބޭފުޅަކަށް ކަމަށާއި، ނަމަވެސް އެއީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ގާސިމް ހައްޔަރުކުރުމާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ވެސް ވަނީ ނިންމާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް