Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި ޗައިނާ އާއި އޮންނަ

ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!

މި ދެ މީހުން ޗައިނާގެ ބެއިޖިންގް އަށް ގޮސްފައިވަނީ ހަފްތާއަކަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 މެއި 2017 | ހޯމަ 20:35
ޗާއިނާއަށް ދެ ކެއްކުންތެރިން

ޗާއިނާއަށް ދެ ކެއްކުންތެރިން

ޗައިނާ އާއި ރާއްޖޭގެ ތަފާތު ކާނާ ތައްޔާރުކުރުމުގެ ހުނަރު ބަދަލުކުރުމަށް ދިވެހި ކެއުން ތައްޔާރުކުރުމަށް ދިވެހި ދެ ޝެފުން ޗައިނާއަށް ފުރައިފި އެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން (ސީއެމްސީއޭ) އިން އިސްނަގައިގެން ރާވާފައިވާ މި ޕްރޮގްރާމުގައި ޗައިނާގެ ބެއިޖިންގް އަށް ގޮސްފައިވަނީ މުހައްމަދު ޝިނާޒް އާއި އައިމިނަތު ޝާނީ އެވެ.

މިދެ މީހުން ޗައިނާއަށް ގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މިދެ ކެއްކުންތެރިން ބެއިޖިންގް ގެ މިންޒޫ ހޮޓެލްގައި އެއްހަފްތާ ވަންދެކަށް ކެއްކުމުގެ ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމް އެއް ކުރިއަށް ގެންދާނެ ކަމަށް ސީއެމްސީއޭ އިން ބުނެ އެވެ. އެގޮތުން ކޮންމެދުވަހަކުވެސް ތަފާތު ދިވެހި ކެއުމަކާ ފޮނިކާއެއްޗެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޗައިނާގެ ތަފާތު ކެއުންތައް އޭގެ އަސްލު ރަހަތަކާއެއްގޮތަށް ކައްކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްސީއެމސީއޭ އިން ބުނެ އެވެ.

ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާ އަދި ގެސްޓް ހައުސްތަކުން، ޗައިނާގެ ކެއުންގެ އޭގެ އަސްލު ރަހައިގައި ލިބޭނެ ގޮތް ހެދުމަށްޓަކާއި ޗައިނާގެ ކެއްކުންތެރިން ރާއްޖެ އައިސް ރާއްޖޭގެ ރިސޯޓްތަކާ ހޮޓާ، އަދި ގެސްޓް ހައުސް ތަކުގައި ކައްކާ މީހުނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސީއެމްސީއޭ އިން ބުނެ އެވެ.

މިކަމަށް ޝައުގުވެރިވާ ރެސްޓޯރަންޓް ތަކުން ސީއެމްސީއޭ އަށް ގުޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

މިހާރު ޗައިނާގައި ތިބި ދިވެހި ދެ ކެއްކުންތެރިން މާލެ އައުމާއެކުހެން ޗައިނާއިން ތަޖްރިބާކާރު ދެ ކެއްކުންތެރިން ރާއްޖެ ގެނައުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މިއަހަރުވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން ސަޤާފީ ކުޅިވަރު ދައްކާލުމަށްޓަކާ ދިވެހި ފަންނާނުންތަކެއް ޗައިނާއަށް ދިއުމާއި ، ކެލިގްރަފީ ކްލާސްތަކެއް ހިންގުމުގެ ހަރަކާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުންވެސް ދިވެހި ޒުވާނުން ޗައިނާއަށްގޮސް އެތަނުގެ ސަޤާފީ ތަންތަނަށް ޒިޔާރަތްކުރުމާއި ޗައިނާގެ ޒުވާނުންނާއި ބައްދަލުކޮށް ރާއްޖޭގެ ސަގާފީ ކަންކަން ދެނެގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު