Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓު މުވައްޒަފުން

ރިސޯޓު މުވައްޒަފުން ދެ ޑޯޒް ޖެހުމުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ނިންމައިފި

7 ޖުލައި 2021 | ބުދަ 08:06

ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރް ޓެސްޓުން ފާސްވެގެން ކަރަންޓީންވާން ނުޖެހި ރަށްރަށަށް ދެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2021 | ބުދަ 08:06
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިންޖަހުމުގެ ޕްރޮގްރާމުގެ ތެރެއިން

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިންޖަހުމުގެ ޕްރޮގްރާމުގެ ތެރެއިން

ރިސޯޓު މުވައްޒަފުން ދެ ޑޯޒް ޖެހުމުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަކޮށް 14 ދުވަސްވުމުން ޕީސީއާރް ޓެސްޓުން ފާސްވެގެން ކަރަންޓީންވާން ނުޖެހި (މޮނިޓަރިންގގައި އޮންނަ ރިސޯޓު/ރަށް ފިޔަވައި) ރަށަށް ދެވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމެވީތީ އުފާކުރައްވާ ކަމަށެވެ. އަދި ތަފުސީލު އެޗުޕީއޭއިން ލިބުމުން މިނިސްޓްރީން ރިސޯޓުތަކަށް އަންގާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ މައުސޫމް މިފަދައިން ވިދާޅުވެފައިވާއިރު ރިސޯޓް މުވައްޒަފުން ޗުއްޓީ ނަގައިގެން އާއިލާ ކައިރިއަށް ރަށަށް ދާއިރު، ކަރަންޓީން ވާންޖެހޭ މުއްދަތު ޗުއްޓީގައި ނުހިމެނުމަށް ވެސް ވަނީ މީގެ ކުރިން އެދިވަޑައިގަންފައެވެ. ބައެއް ރިސޯޓްތައް އޮޕަރޭޓް ކުރަމުންދަނީ ވަރަށް މަދު މުވައްޒަފުން ތަކަކާ އެކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރިސޯޓް މުވައްޒަފުން ވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އަދި ކަރަންޓީންގެ މުއްދަތު ޗުއްޓީގެ ތެރޭގައި ނުހިމަނައި އެކަން ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަދުވެސް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ގޮސް ކަރަންޓީންވާން ޖެހޭ ކަމުގެ ޝަކުވާ ކަމަށެވެ.

ރިސޯޓު މުވައްޒަފުން ދެ ޑޯޒް ޖެހުމުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ނިންމާފައިވާއިރު ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލައި ރަށަށް ދެވޭ ގޮތް ވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ. ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް، 60 ދުވަހުގެ ތެރޭގައި، ކަރަންޓީން ވުމަކާ ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކަރަންޓީންވުމަކާ ނުލައި ރަށަށް ދެވުނު ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އާއްމު އުސޫލުން ނަމަ މާލެ ސަރަހައްދުން ދަތުރުކުރާ ކޮންމެ މީހަކު ވެސް 14 ދުވަހަށް ކަރަންޓީންވާން ޖެހެއެވެ. ނަމަވެސް ބައެއް ރަށްރަށުގައި ކަރަންޓީންވާ މީހުން އުސޫލާ ޚިލާފުވުމާގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް