Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު

މާލެ ދެވޭނެ ތާރީޚެއް ނޭނގޭ، ރަނގަޅުވާން އަދި ދުވަސްތަކެއް ނަގާނެ: ނަޝީދު

އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖުލައި 2021 | އަންގާރަ 02:52
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ހާމަކުރެއްވުމުގެ ގޮތުން އާންމުކުރެއްވި ފޮޓޯތަކެއް

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ހާމަކުރެއްވުމުގެ ގޮތުން އާންމުކުރެއްވި ފޮޓޯތަކެއް

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އަދިވެސް ހާލުކޮޅު ރަނގަޅުވާން ދުވަސްތަކެއް ނަގާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައިވެސް ވަނީ އިތުރު އޮޕަރޭޝަންތަކެއް ކުރައްވާފައެވެ. ފައިގެ އޮޕަރޭޝަނެއް ކުރައްވާފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ. އެއަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ޖުލައި މަހުގެ 2 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައި މިވަނީ ޖަރުމަނުވިލާތުގައި މަސްދުވަހަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހުއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ރޭ އޮތް އާސްކް ސްޕީކަރ ޕްރޮގްރާމްގައި، އެނބުރި މާލެ ވަޑައިގަންނަވާތީ ކޮންއިރަކުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގިނަ ކަންކަން ރަނގަޅު ކަމަށެވެ. ނަމަވެސް އަދިވެސް ރަނގަޅަށް ހިނގައިނޫޅެވޭކަމަށާއި އިނގިލިތައް ހުންނަނީ އައްސިވެފައިކަމަށް ވިދާޅުވިއެވެ.

ހަމަލާއަށްފަހު ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވަނީ އެމްޑީޕީގެ އަހަރީ ދުވަހުއެވެ. އެއީ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް ވިދާޅުވެފައިވަނީ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅުކަމަށާއި ނަމަވެސް އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް ނަޝީދު ވިދާޅުވިއެވެ.

އާސްކް ސްޕީކާރ ޕްރޮގްރާމްގައި ހާލުކޮޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެކަންކަން ރަނގަޅުވެ ހަމަޔަށް ހިނގާ އުޅެވެން ފެށުމުން މާލެ ވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ބަލާއިރު ކަންފަތް ވެސް ރަނގަޅުވާން ޖެހޭކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން ހުންނަނީ އައްސިވެފައި ކަމަށާއި އެ އައްސި ކަނޑައިގެން ދާން ދުވަސްތަކެއް ނަގާނެކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީ އެންމެ އަވަހަކަށް ރާއްޖެ ވަޑައިގަތުމަށް ކަމަށް އެރޭ ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު