Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބެލްޖިއަމްގައި ރާއްޖެ ޕްރޮމޯޓްކުރުން

ބެލްޖިއަމްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ގިނަ ހަރަކާތްތަކެއް

ރާއްޖޭގެ ރީތިކަން ދައްކައިދޭ ޕޯސްޓަރ އެގްޒިބިޝަނެއް ބާއްވާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 03:20
ބެލްޖިއަމްގައި ރާއްޖެ ޕްރޮމޯޓުކުރަން އިކޯ ޓޫރިޒަމް ހަފްތާގައި ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ހަމަޖެހިފައި

ބެލްޖިއަމްގައި ރާއްޖެ ޕްރޮމޯޓުކުރަން އިކޯ ޓޫރިޒަމް ހަފްތާގައި ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ހަމަޖެހިފައި

ރާއްޖޭގެ ފަތުރުވެރިކަން ބެލްޖިއަމްގައި އިސްތިހާރުކޮށް އެސަރަހައްދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރާއްޖެއިން އީޔޫ އަދި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯންޗުކޮށްފައިވާ ލޯގޯ ހިމަނައިގެން ޑިޒައިންކޮށްފައިވާ ސްޓޭމްޕް ލޯންޗުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ސްޓޭމްޕް ލޯންޗުކޮށްދެއްވައި ވާހަކަދައްކަވަމުން ސަފީރު ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެހީ އާއެކު ބްރަސްލްސް ޕްރެސް ކްލަބްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުމަށް މަގުފަހިވެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ޕްރެސް ކްލަބް މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކައިދޭ ޕޯސްޓަރ އެގްޒިބިޝަނެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން އިކޯ ޓޫރިޒަމް ހަފްތާގައި ރާއްޖެ އިސްތިހާރުކުރަން ހާއްސަ ހަފްލާއެއް ބާއްވާނެ ކަމަށާއި އެހަފްލާގައި ރާއްޖޭގެ ރީތިކަން ދައްކައިދޭ 30 މިނެޓުގެ ވީޑިއޯއެއް ދައްކާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސަރކިއުލަރތައް ނިއުސްލެޓަރގެ ގޮތުގައި ބްރަސްލްސް ޕްރެސް ކްލަބްގައި ޝާއިއުކުރަމުންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރްސީން މި ފޯރުކޮށްދިން އެހީތެރިކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

ތައާރަފުކުރެވިގެން މިދިޔަ ސްޓޭމްޕަކީ ރާއްޖެ އިސްތިހާރުކުރުމަށް އެޅުނު އެއް ފިޔަވަޅުކަމަށާއި މިއާ ވިިދިގެން އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ސްޓޭމްޕާއެކު ބެލްޖިއަމްގެ އިތުރުން ނެދަލޭންޑްސް އާއި ލަގްޒަމްބާގުގައި ވެސް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުރިމަތިލާފައި މިވަނީ ފާއިތުވެގެން މި ދިޔަ އަހަރުތަކުގައި ދުވަހަކު ވެސް ކުރިމަތިލާފައި ނުވާ ކަންތައްތަކަކާ ކަމަށާއި، ގޮންޖެހުންތަކާއި އެކުވެސް މިނިސްޓަރ މައުސޫމާއި ސިނާއަތުގެ ބައިވެރިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެމްއެމްޕީއާރްސީ އިން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން ބެލްޖިއަމްގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ފޮރިން ޑިޕްލޮމަސީ މިހާރު ބައްޓަންވެފައި ވަނީ ކޮމާޝަލް ޑިޕްލޮމަސީގެ މައްޗަށް ކަމަށާއި އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމްބަސީތަކުން ރާއްޖެއާ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮމާޝަލް ޑިޕްލޮމަސީ ޕްރޮމޯޓްކޮށް ރާއްޖޭގައި ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުކޮށް ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމަށް ސަފީރު ވިދާޅުވިއެވެ.

މިހަފްލާގާއި ބެނަލުކްސް - މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް ޖެރާޑް އުއިޓިން ވާހަކަދައްކަވާފައި ވާއިރު، އުއިޓިން ވަނީ މި ސްޓޭމްޕަކީ ރާއްޖެއާ ބެނެލުކްސްގެ ގައުމުތަކުގެ ދެމެދު އޮތް ގުޅުމުގެ ރަމްޒެއްކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތްތާގައި ވެސް ރާއްޖެއާ ބެނެލުކްސްގެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ބެނަލުކްސް - މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީން ތައްޔާރަށް އޮތްކަމަށް ވެސް އުއިޓިން ވިދާޅުވިއެވެ.

ބެލްޖިއަމްބެނަލުކްސް - މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު