Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސުޒޭނުގެ ތާރީފު ރާއްޖެޓީވީއަށް

ސުޒޭނުގެ ތަޢުރީފު ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް

ރާއްޖެޓީވީން މިހާތަނަށް ފުރިހަމަ ކަވަރޭޖެއް ގެނަސްދީފައިވާ ކަމަށް ބުނި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 02:55
މައިލޯ ޔޫރޯ ފޯރި ޝޯގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

މައިލޯ ޔޫރޯ ފޯރި ޝޯގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

ޔޫރޯ 2020 ގެ މެޗުތައް ފުރިހަމަ ގޮތެއްގައި ގެނަސްދިނުމުގައި ރާއްޖެޓީވީގެ މުވައްޒަފުން ކުރަމުން އަންނަނީ ބުރަ މަސައްކަތެއް ކަމަށާއި، މި ކަވަރޭޖަކީ ވަރަށް ފުރިހަމަ ކަވަރޭޖެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން މައިލޯ ޔޫރޯ ފޯރި ޝޯގައި ބައިވެރިވެ ސުޒޭން ބުނީ މިވަރުގެ ބޮޑު މުބާރާތެއް ގެނަސްދިނުމަށް އެތައް މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި މެޗުތައް ބަލަމުން އަންނައިރު އާންމުންނަށް މިއީ ފަސޭހަކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ދަތި އުނދަގޫ ކަމެއް ކަމަށްވެސް ބުންޏެވެ.

ސުޒޭން ބުނީ ޔޫރޯ ނިމުމަކާ ގާތްވެފައިވާއިރު، ރާއްޖެޓީވީން މިހާތަނަށް ފުރިހަމަ ކަވަރޭޖެއް ގެނަސްދީފައިވާ ކަމަށާއި، އެހެންކަމުން ރާއްޖެޓީވީގެ މެނޭޖުމަންޓަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ކަވަރޭޖުގެ ޝޯއަކުން ފުރުސަތު ލިބުމަކީވެސް ފަޚުރެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ގަނެ، މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ދެއްކުމަށް ނިންމީ އިގުތިސޯދީ ގޮތުން މުޅި ރާއްޖެއަށްވެސް ނުހަނު ދަތި ދަނޑިވަޅެއްގައެވެ. މި ނިންމުން ނިންމީ ރާއްޖެޓީވީން ކުޅިވަރު ކުރިއެރުވުމަށް ދޭ ސަމާލުކަމުގެ ސަބަބުންނާއި، މި ހާލަތަކީ ގިނަ ބަޔަކު ގެއިން ބޭރަށް ނުނިކުމެވި ގޭގައި ތިބެން ޖެހިފައިވާ ހާލަތަކަށްވުމުން މުބާރާތުގެ މެޗުތަކާއި އަދި މެޗުތަކާ ގުޅޭ ގޮތުން ދިވެހި އެނަލިސްޓުން ގެނެސްދެއްވާ މައުލޫމާތުތަކާއި، އަދިވެސް މުބާރާތާ ގުޅޭ އެހެނިހެން ކަންކަން ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ދިވެހި ރައްޔިތުންނަށް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

އަދި މިއީ ކޮވިޑް-19 ގެ ދަތި މި ދަނޑިވަޅުގައި ކުޅިވަރަށް ލޯބި ކުރައްވާ ހުރިހާ ފަރާތްތަކަށާއި ދިވެހި ޒުވާނުންނަށް އަދި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމުގައި ރާއްޖެޓީވީން ދެކެއެވެ.

މި ފަހަރުގެ ކަވަރޭޖަށް ރާއްޖެޓީވީން ހަ އެނަލިސްޓަކު ކަނޑައެޅިއިރު، މައިލޯ ޔޫރޯ ޕްރި ޝޯގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ގިނަ އަދަދެއްގެ ދިވެހި ކޯޗުންނާއި ބައެއް އެހެން ފުޓްބޯޅަ އެނަލިސްޓުންވެސް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ގެނެސްދޭއިރު، "ރާއްޖެ.އެމްވީ" މެދުވެރިކޮށްވެސް މެޗުތައް ސްޓްރީމްކުރެވޭނެއެވެ. 

އަލީ ސުޒޭންމައިލޯ ޔޫރޯ ފޯރިޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

11 އޮކްޓޯބަރު 2023
މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

03 އޮކްޓޯބަރު 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު