ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 13:57
ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރައްޔިތުންގެ މަޖިލިސް
ސްޓެލްކޯގެ ޖަނަރޭޓަރުތަކާގުޅޭ ގަރާރު
ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތަކާ ގުޅޭ ގަރާރު ކޮމިޓީއަށް
 
ގަރާރު ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 41 މެންބަރުންގެ އަޣުލަބިއްޔަތުން
 
ގަރާރު ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއަށް

ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާނގީތައް މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހަޅާފައިވާ ގަރާރު ދިރާސާ ކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަރާރު ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 41 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމާމެދު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް 1 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ)ން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެކުންފުނީގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާނގީތައް ބެހެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާއި ގެއްލުންތައް ވަމުންދާ ކަމަށެވެ. އަދި މި ގަރާރަކީ މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ގަރާރެއް ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނާއި އެ ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަކީ އަމާޒަކަށްވެފައި، ރަނގަޅު ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގަކީ ދައުލަތުން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭންޖެހޭ ހައްގެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުންހަދާފައިވާ މާލެ އާއި ރާއްޖޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ގަވާއިދުގެ 8.4 ގައި "އިންޖީނުގެ ހުންނަންވާނީއަރާ ދުމުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު" ދުރުގައި ކަމަށް ބަޔާންކުރާ ކަމަށެވެ.

މީގެ އިތުރުން ޖަނަރޭޓަރުތައް މީހުން ދިރިއުޅޭ ސަރަހައްދާއި މާ ކައިރީގައި ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުންހޮޅިތައް ތިރިކަމުން ގަލޮޅުގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތާއި ޖަނަރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ކެއްސާ، ލޮލާއި ނޭފަތް ހިރުވާ، ނޭވާލާ ނިޒާމަށް އުނދަގޫވެ، ބޮލުގާ ރިއްސުން ފަދަ ތަފާތު ބަލިތަކަށް މަގުފަހި ވަމުންދާ ކަމަށެވެ.

އަދި ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުއްޓަށް ތަކުރާރުކޮށް ގެއްލުން ލިބި، ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރުވެ، އެސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެ ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެކަމުގެ ބިރުހީވެފައިވާ ކަމަށް ގަރާރުގައި ބުނެއެވެ.

މި މައްސަލަތަކަށް ހައްލެއް ގެނައުމަށް، ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ ޕްލޭނެއް ސްޓެލްކޯގެ ފަރާތުން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅައި ކުރުރާސްތާގައި މާލެ-ހުޅުމާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމާ، މިހާރު ބޭނުންކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލައި، އެ ސަރަހައްދުން އެތަކެތި ނަގައި، މެދު ރާސްތާގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއްތޯ ދެނެގަންނަން ޖެހޭ ކަމަށް ބުނެއެވެ.

އަދި މާލޭގެ ބޮޑު ބަޔަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ، އަދި އެ ހަކަތައަށް ބަރޯސާވާ ތަނަކަށް ބަދަލުކޮށް، ވަގުތީގޮތުން މާލެއަށް ކަރަންޓު ދިނުމަށް ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓުކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަނެ ދުރު ރާސްތާގައި ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެންތަނަކަށް ބަދަލުކޮށް، މާލެއަކީ ކާބަން އެމިޝަން-ފްރީ ސިޓީއަކަށް ހެދުމަށް ގޮވާލާ ކަމަށް ގަރާރުގައި ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް