Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާމްދަނީން ޓެކްސް ނެގުމުގެ ބިލު

އިތުރު އިސްލާހަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

5 ޖުލައި 2021 | ހޯމަ 06:29

އިސްލާހު ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލި ރިޒާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ޖުލައި 2021 | ހޯމަ 06:29
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އާމްދަނީން ޓެކްސް ނެގުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހުށަހެޅި އިތުރު އިސްލާހަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށް ތަޅުމަށް ފޮނުވަން ނިންމައިފިއެވެ.

ހޯމަ ދުވަހު އޮތް މުޅި މަޖިލީހުގެ ކޮމިޓީއަށް ރިޕޯޓް ހުށަހަޅުވުމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އިތުރު އިސްލާހެއް ހުށަހަޅުއްވާފައެވެ. އަލީ ރިޒާ އިސްލާހު ހުޅަހެއްޅުއްވީ ބިލުގެ 36 ވަނަ މާއްދާއަށެވެ. އިސްލާހު ހުށަހަޅުއްވަމުން އަލީ ރިޒާ ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން އެ މާއްދާގެ (އ) ގައި ބުނެފައިވާ ގޮތުން ފައިސާ ލިބޭ ފަރާތުން ދައްކާފައިވާ ޓެކުހުގެ އަދަދަކީ އެފަރާތުން އެ ހިސާބުކުރާ މުއްދަތަށް ދައްކަންޖެހޭ ޖުމްލަ ޓެކުހުގެ އަދަދުން ކެނޑިދާނެ އަދަދެކެވެ.

Advertisement - newsAdvertisement

އެ އިސްލާހު ބިލުގައި ހިމެނުމަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެމްބަރުންގެ ތެރެއިން 25 މެމްބަރުން އިސްލާހަށް ތާއީދު ކުރެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

އިޤްތިޞާދީ ކޮމިޓީން ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓަށް ހުށަހެޅި އިސްލާާހާއެކު ބިލު ފާސްކުރުުމަށް މަޖީލީހުގެ ތަޅުމަށް ފޮނުވުމަށް މުޅި ކޮމިޓީގައި ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 27 މެމްބަރުން ތާއީދު ކުރެއްވިއެވެ. ތާއީދު ނުކުރައްވާ އެއް މެމްބަރަކު އިންނެވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމާއި، ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން، އިންޓަރ ކަނެކްޝަން ޗާރޖް، އަދި ރިއިޝުއަރެންސް ޕްރިމިއަމް އިންދަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމާއި، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމެވެ.

ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭނެ ކަންކަމުގެ ތެރެއަށް، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާއާއި، ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ، އިންވެސްޓްމެންޓް، އަދި އެންމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ފުރައިގެންދާ އުޅަނދަކުން ޓެކްސް ނަގާނީ އެފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ކަނޑައެޅުން ވެސް ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާރޗްތަކަށް ލިބޭ އާމްދަނީ އާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ހުށަހަޅާފައިވެއެވެ.

އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި، ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެގެކޮޅަށް ހިނގާ ޚަރަދާއި، ރައީސަށް ޚާއްސަ ރަށާއި، ނައިބްރައީސަށް ޚާއްސަ ގެކޮޅަށް ހިނގާނެ ޚަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އުމްރާނީ ވަސީލަތްތައް ތަރައްގީކުުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވިޔަފާރިތަަކަށް ލިބޭ އާމްދަނީ، އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ގާނޫނުގެ ދަށުން ޓެކްސް ނެގުން ފަސް އަހަރުގެ މުއްދަތަކަށް އިސްތިސްނާކުރުމުގެ ބާރު ރައީސަށް ލިބި ދިނުން ހިމެނެއެވެ.

މަޖިލިސްރައްޔިތުންގެ މަޖިލިސްމެމްބަރު އަލީ ރިޒާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް

06 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް