Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އާއި އެމެރިކާގެ ގުޅުން

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށް ބޮޑުހަނގުރާމައިގެ ތެރޭގައި ރާއްޖެއިން އެހީވުން

5 ޖުލައި 2021 | ހޯމަ 03:46

1943 ވަނަ އަހަރު ހާލުގައި ޖެހުނު އެމެރިކާގެ ސިފައިންގެ ބަޔަކު ރާއްޖެއިން ސަލާމަތްކޮށްދީފައިވޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 5 ޖުލައި 2021 | ހޯމަ 03:46
ކޮޅުމަޑުލު ވަންބަދިފުށި: މިރަށުގައި އެމެރިކާ ސިފައިންގެ މަހާނަތަކެއް އެބަހުރި

ކޮޅުމަޑުލު ވަންބަދިފުށި: މިރަށުގައި އެމެރިކާ ސިފައިންގެ މަހާނަތަކެއް އެބަހުރި

ދިވެހިރާއްޖެއަށް 26 ޖުލައި 1965ގައި ޚާރިޖީ ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއެކު ހަމައެދުވަހު އިނގިރޭސިވިލާތާއި ސްރީލަންކާއާއި 2 ގައުމުން ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރިއެވެ.

އެހެން ގައުމުތަކާއި ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރެވުނީ 21 ސެޕްޓެންބަރު 1965ގައި ދިވެހިރާއްޖެ އ.ދ. މަޖިލީހުގެ މެންބަރު ގައުމަކަށްވެ 12 އޮކްޓޫބަރު 1965ގައި އ.ދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ ވިހުރުވޭން ފެށި، ބައިނަލްއަގުވާމީ ސަފުގައި މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވުމަށް ފަހުގައެވެ.

Advertisement - newsAdvertisement

މީގެ 50 އަހަރު ކުރިން 1965ން 1970ށް ދިވެހިރާއްޖެ ވަނީ 15 ގައުމާއި ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގަދަ ގައުމު އެމެރިކާއަކީ ދިވެހިރާއްޖެއާއި 5 ވަނައަށް (މިހާރުގެ ލިސްޓުގައިނަމަ 4 ވަނައަށް) ސިޔާސީ ގުޅުން ގާއިމުކުރި ގައުމެވެ. އެއީ 10 ނޮވެންބަރު 1965ގައެވެ.

އެމެރިކާއާއި ރާއްޖޭގެ ތާރީޚީ ގުޅުންތައް އޭގެ 20 އަހަރު ކުރިންވެސް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ދިވެހިރާއްޖެއިން ވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި 1943 ވަނަ އަހަރު ހާލުގައި ޖެހުނު އެމެރިކާގެ ސިފައިންގެ ބަޔަކަށް އެހީވެ ފުރާނަ ސަލާމަތްކޮށްދީފައެވެ. އިންޑިޔާ ކަނޑުގެ ތެރޭގައި ރާއްޖެއާ ގާތްގަޑަކަށް 200 މޭލު ބޭރުގައި އެމެރިކާގެ މަނަވަރު ޔޫއެސްއެސް ހެންރީ ނޮކްސްއަށް ޖަރުމަންވިލާތުގެ ސަބްމެރީނަކުން ހަމަލަދީ ފައްތައިލުމުން އޭގެތެރެއިން ބައެއް ފަޅުވެރިންނަށް ކޮޅުމަޑުލަށް އާދެވުނެވެ. ޒަޚަމްވި ފަޅުވެރިންނަށް ދިވެހި ބޭސްވެރިންގެ ބޭހުގެ ފަރުވާ ލިބުނެވެ. މަރުވި ބައެއް މީހުން ވަޅުލާފައިވަނީ ކޮޅުމަޑުލު ވަންބަދިފުށީގައެވެ. މިކަން ފާހަގަކުރައްވައި އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓްރޫމަން، ދިވެހިރާއްޖެއަށް މެސެޖު ފޮނުއްވާފައިވެއެވެ.

ހަނދަށް ފުރަތަމަ ދިޔަ ޖައްވީ އުޅަނދުގައި 20 ޖުލައި 1969ގައި ދިވެހިރާއްޖޭގެ މެސެެޖެއް ހަނދަށް ގެންދެވުނުކަން ވެސް ތާރީޚީ ގޮތުން ފާހަގަކުރެވެއެވެ. ޖައްވީ އުޅަނދު އެޕޯލޯގައި ހަނދަށް މެސެޖެއް ގެންދަން ފުރުސަތު ލިބުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އަދި އެއަހަރު ރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު އަބްދުއްސައްތާރު މޫސާދީދީ، އެމެރިކާގެ ޖައްވީ އެޖެންސީ (ނާސާ)ގެ ވެރިޔާއާއި ބައްދަލު ކުރެއްވިއެވެ.

މިކަންކަމަކީ އެމެރިކާއާއި ދިވެހިރާއްޖޭގެ ގުޅުންތަކުގެ ތެރެއިން މިހާރުގެ ގިނަބަޔަކަށް އާންމުކޮށް އެނގިފައިނުވާ ތާރީޚީ ސަފުހާތަކެކެވެ.

އެމެރިކާއެމެރިކާޚާރިޖީ ވުޒާރާފޮރިން މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް